ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ރައްޔިތުންގެ ތެރެއިން އިތުރު ބަޔަކު އެނބުރި ޤައުމަށް ފުރަނީ

ފުރަތަމަ ބުރުގައި އިންޑިއާއަށް އެނބުރި ދިޔަ އެ ޤައުމުގެ މީހުން ފުރަން އެއަރޕޯޓުގައި. ފޮޓޯ: ހައިކޮމިޝަން އޮފް އިންޑިއާ އިން މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހާއި ގުޅިގެން، ޤައުމަށް ނުދެވިފައި ރާއްޖޭގައި  ތިބި އިންޑިއާގެ މީހުންގެ ތެރެއިން އިތުރު ބަޔަކު ޤައުމަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސައިފިއެވެ. 

މި ކަން ހާމަކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ، ކޮރޯނާ ވައިރަހާއި ގުޅިގެން، ޤައުމަށް ނުދެވިފައި ރާއްޖޭގައި  ތިބި އިންޑިއާގެ މީހުންގެ ތެރެއިން އިތުރު ބަޔަކު، އެ ޤައުމަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަވާފައިވާ ކަމަށާއި، މި ދަތުރުހަމަޖެހިފައިވަނީ މި މަހުގެ 15 ވާ ހުކުރު ދުވަހަށް ކަމަށެވެ.

މީގެ އިތުރުން، އިންޑިއާ ހައިކޮމިޝަނުން ބުނީ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، މި ދަތުރުގައި ގެންދިއުމަށް ހަމަޖެހިފައިވަނީ،  ހަމައެކަނި ކެރެލާ ސްޓޭޓަށް ނިސްބަތްވާ މީހުންކަމަށެވެ. 

އިންޑިއާ ހައިކޮމިޝަނުން ބުނީ، މި ދަތުރުގައި ގެންދިއުމަށް ހަމަޖެފައިވަނީ، ރާއްޖެއިން އެނބުރި ޤައުމަށް ދިޔުމަށް ބޭނުންވެ، ހައިކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ މީހުންކަމަށެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން، އިންޑިއާއަށް ދެވޭނެ މަގު ތަނަވަސްވެފައިނުވާ، އެ ޤައުމުގެ ރައްޔިތުން މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ ގެންގޮސްފައެވެ.

މި ގޮތުން ވޭތުވެދިޔަ ހުކުރު ދުވަހު 698 މީހުންނާއި، ވޭތުވެދިޔަ އާދިއްތަ ދުވަހުގައި 202 މީހަކު އެނބުރި އިންޑިއާއަށް ގޮސްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: