ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ޕީޖީއާ ހިއްސާކުރަން އަންގައިފި

ފޮޓޯ ޕީއެސްްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުން އިދާރާއިން ތަހުޤީގު ކުރަމުންދާ ޓެރަރިޒަމާއި އެނޫންވެސް ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކަށް ލިބެމުންދާ ކުރިއެރުމާއި ހޯދުންތައް ގަވާއިދުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ހިއްސާ ކުރަމުން ގެންދަން ފުލުހުންނަށް އަންގައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ސޮއި ކުރައްވައި، ނެރުއްވި ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ގޮތުގެ އިރުޝާދުގައިވާ ވިދާޅުވެފައިވަނީ ޖިނާއީ ބޮޑެތި މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތަކުގެ އިތުރުން ބަންދުގައި މީހުން ތިބި މައްސަލަތަކުގެ ތަހުގީގުގެ މައުލޫމާތު ހަފުތާއަކު އެއްފަހަރު ޕީޖީއާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

ޝަމީމްގެ އިރުޝާދުގައި ވިދާޅުވެފައިވަނީ އެއްވެސް މައްސަލައެއްގެ ތަހުޤީގަށް މީހަކު ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައި ބަހައްޓައިގެން ތަހުޤީގު ކުރިއަށް ގެންދިޔަ ނަމަވެސް ކޮންމެ 15 ދުވަހަކުން އެއްފަހަރު އެ ތަހުގީގުގެ މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

ޕީޖީ ވިދާޅުވެފައި ވަނީ މައުލޫމާތު ހިއްސާ ކުރާއިރު، ތަހުގީގަށް އެހާތަނަށް ހޯދި ހޯދުންތަކާއި ކުރުމަށް ރާވާފައިވާ ކަންކަމާއި ތަހުގީގުގެ މިސްރާބު ހިއްސާކުރަންވާނެ ކަމަށެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ޕީޖީއަށް މައްސަލަ ފޮނުވާއިރު ތަހުގީގު ހިނގި ގޮތް އެނގޭނެ ލިޔުމަކާއި ތަހުގީގުކުރި މީހާގެ ބަޔާނެއް ވެސް ފޮނުވަންވާނެ ކަމަށެވެ.

މީގެ އިތުރުން ތަހުގީގުކުރި މީހާގެ ބަޔާނުގައި މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކާއި ސުވާލު ނުކުރެވި އޮތް ނަމަ އޭގެ ސަބަބާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކާއި ނުހޯދޭ މައުލޫމާތުތަކާއި ތަހުގީގުގެ މިސްރާބު އެނގެން އޮންނަންވާނެ ކަމަށް ވަރަށް ހަރުކަށިކޮށް ޕީޖީ ވިދާޅުވެފައިވެއެވެ.

ތަހުގީގުކުރި މީހާގެ ބަޔާނުގައި، އެ ތަހުޤީޤުކުރި މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކާ ސުވާލު ނުކުރެވި އޮތް ނަމަ އޭގެ ސަބަބާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކާއި އަދި ނުހޯދޭ މައުލޫމާތުތަކާއި ތަހުގީގުގެ މިސްރާބު އެނގެން އޮންނަން ވާނެ ކަމަށް ޕީޖީގެ ދެއްވި ލަފަފުޅުގައި ވެއެވެ.

ޕީޖީ ވިދާޅުވީ ތުހުމަތު ކުރެވޭ މީހާގެ ފަރާތުން ނުވަތަ އޭނާއާ ގުޅުން އޮތް ބައެއްގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭ ނަމަ، އެކަން ބަޔާން ކުރުމަށާއި އެކަމަށް އަޅަން ފެންނަ ފިޔަވަޅެއް ވެސް އެ ބަޔާނުގައި އޮންނަންވާނެ ކަމަށެވެ.

ޕީޖޭގ އިރުޝާދުގައި މައްސަލައަކާ މެދު ތަހުގީގުކުރި މީހާ އާއިމެދު ދެކޭ ގޮތާއި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން އަދަބު ކަނޑައަޅާއިރު، އަދަބުގެ ދަރަޖަ މަތި ކުރުން ނުވަތަ ދަށް ކުރުމާ މެދު ތަހުގީގުކުރި މީހާ ދެކޭ ގޮތް ވެސް ބަޔާން ކުރަން ވިދާލުވެފައިވެއެވެ.

ގްރޮސެކިއުޓާ ޖެނެރަލް އެހެން ވިދާޅުވިއިރު ޤާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ތަހުގީގުތައް ހިންގަނީ ގާނޫނާ އެއްގޮތަށް ތޯ ބެލުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާ އެކެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: