ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު ބަލީގައި ފަރުވާ ދެމުންދިޔަ އިތުރު 8 މީހަކު ރަނގަޅުވެއްޖެ

ކޮވިޑު ބަލި ޖެހިގެން ރާއްޖެއިން ފަރުވާ ދޭ މީހުން: ބަލި ފެނުނުތާ މަހެއް މަޑުމަޑުން ރިކަވަރީތައް ދަނީ ފެންނަމުން - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑު ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން 8 މީހަކު ރަނަގަޅުވެފައިވާ ކަމަށް ނޭޝަނަލް އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

މިރޭ އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފަރުވާ ދިނުމަށްފަހު ބަލީގެ އަލާމާތްތައް ނުހުންނަ މީހުންގެ ސާމްޕަލްތައް ނަގާ ކަމަށެވެ. އަދި އެ މީހަކު ބަލީން ރަނގަޅުވެފައިވާ ކަމަށް ކަނޑައަޅަނީ ޓެސްޓުތައް ޑަބަލް ނެގެޓިވްވުމުންނެވެ.

މިއަދު ބަލީން ރަނގަޅުވީ 8 މީހުންނާއި އެކު ރާއްޖޭގައި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު ވަނީ 40 އަށް އަރާފައެވެ.

މިއަދު 51 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދަދާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 955 އަށް އަރާފައެވެ. ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ބަލި ފެނި، މާލޭގެ ލޮކްޑައުންއަށް މަހެއް ވީއެވެ. އަދި ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހެމުންދާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި ބޮޑު ސާޖެއް އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ސަރުކާރުން މިހާރު ވަނީ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް މެޝިންތަކެއް ގެނައުމަށް ނިންމާފައެވެ. އެ މެޝިންތައް މި މަހުގެ 16 ގައި ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވޭއިރު އެއަށްފަހު ރާއްޖޭގައި ދުވާލެއްގެ މައްޗަށް 1،000 ސާމްޕަލް ޓެސްޓު ކުރެވޭނެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: