ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށްދާ މީޙުން ކަރަންޓީން ކުރުމަށް އިތުރު ތިން ރިސޯޓް ހަމަޖެހިއްޖެ: ޓުއަރިޒަމް މިނިސްޓަރ

ރަށަށް އެނބުރިދާ އެންމެ ވެސް ކަރަންޓީން ކުރެވޭނެ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން އެނބުރި ރަށަށް ނުދެވިފައި ތިބި މީހުން ރަށަށް ދިއުމުގެ ކުރިން ކަރަންޓީން ކުރުމަށް އިތުރު ތިން ރިސޯޓް ހަމަޖެހިފައިވާކަން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހާމަކުރައްވައިފިއެވެ. 

ކޮވިޑް-19 އާ ގުޅިގެން މާލޭން ރާއްޖޭގެ އެކި ރަށްރަށަށް ދިޔުމަށް ފަސްހާހެއްހާ މީހުން އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ. 

މިނިސްޓަރ މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ލޮކްޑައުންއާއި ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައިތިބި ރައްޔިތުން ކަރަންޓީން ކުރުމަށް، އިތުރު ތިން ރިސޯޓް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރިސޯޓުތައް ހަމަޖެހިފައި ވަނީ ހދ އަތޮޅާއި ، ފ އަތޮޅާއި އަދި މ، އަތޮޅުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ބަލި ފެތުރުން ހއުްޓުވުމަށް ރަށްރަށްދާ މީހުން ކަރަންޓީން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމުގައި ކެތްތެރިވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. 

https://twitter.com/ali20waheed/status/1260820959755264000

މިނިސްޓަރ އަލީ ވަހީދު ވިދާޅުވި ގޮތުގައި މި ތިން ރިސޯޓުގެ އިތުރުން މިހާރުވެސް އިތުރު ހަތަރު ރިސޯޓް ހަމައެކަނި ފުރަބަންދުވީ ރައްޔިތުން ކަރަންޓީން ކުރުމަށް ދަނީ ބޭނުން ކުރެވެމުންނެވެ.  އެއީ އައްޑޫ ސިޓީއާއި ދ، އަތޮޅާއި، ޅ ، އަތޮޅާއި އަދި ރ، އަތޮޅުގައިވާ ރިސޯޓުތައް ކަމަށް މިނިސްތަރ ވިދާޅުވިއެވެ. 

https://twitter.com/ali20waheed/status/1260823817590456321

ދާރުބާރޭގައި އޮތް ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، މާލޭގައި މި ބަލި މިހާބޮޑަށް ފެތުރުރިފައިވަނިކޮށް މިދަނޑި ވަޅުގައި މާލޭ ދޫކޮށް ރަށްރަށަށް ދިޔުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ރައްކާތެރިކަމުގައި ނުވިޔަސް ޒަރޫރީ ޙާލަތްތަކާއި އެނޫންވެސް ކަންކަމާއި ގުޅިގެން ރަށަށްދާން ބޭނުންވާ މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެކަމަކު އެކަން ކުރިއަށް ގެންދާނީ ކަރަންޓީން ކުރުމަށްފަހުގައި ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މިހާތަނަށް ފަސްހާސް މީހުން ރަށަށް ދިޔުމަށް އެދިފައިވާތީ އެކަން ކުރިއަށް ގެންވޭނީ ކަރަންޓީން ފެސިލިޓީތަކުގައި އެމީހުންނަށް ބައިތިއްބަން ޖާގަ ލިބޭ މިންވަރަކުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެކަމުގައި އިސްކަންދޭނެ އުސޫލުވެސް ވަނީ ކަނޑައެޅިފައި ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: