ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޣުނީ އާއި ފިރުޝާން މާލެ އައީ ސީދާ އެމްސީ އަށް ގުޅައިގެން: މެންބަރު ސަނީފް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ލޮކްޑައުންކޮށްފައިވަނިކޮށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ނުފޫޒުގެ ބޭނުންކުރައްވައި ސީދާ ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގުޅުއްވައިގެން މާލެ ވަޑައިގެންފައިވާ ކަމަށް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މާލެ ވަޑައިގަތް މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީގެ ބައްދަލުވުމުގައި ސަނީފް ރިޔާޒު މާލެ ވަޑައިގައިތީ ހުއްދަ ހޯއްދަވައިގެން ގަވާއިދުގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ސަނީފް ވިދާޅުވީ ރިޔާޒް މާލެ ވަޑައިގަތުމާއެކު، މެމްބަރު މުޣުނީ އާއި މެމްބަރު ފިރުޝާން މަގާމުގެ ނުފޫޒު ބޭނުންކުރައްވައި، އެމްސީ (ސީޕީ ހަމީދު) އަށް ގުޅުއްވައިގެން މާލެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އެވާހަކަތައް ވިދާޅުވަނީ ސީދާ އެނގިހުރެގެން ކަމަށް ސަނީފް ވިދާޅުވިއެވެ.

އެ ދެ މެމްބަރުން މާލެ އައުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމަށް ވެސް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އޭރު އެކަން ހަމަނުޖެހުނު ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ އެ މެންބަރުން ސިދާ ފުލުހުންގެ ކޮމިޝަނަރަށް ގުޅައިގެން މާލެ އައީ އެބޭފުޅުން ވެސް އަންނަން ބޭނުންވެގެން މަސައްކަތް ކުރަމުންދަނިކޮށް ކުއްލިޔަކަށް ރިޔާޒަށް އެ ފުރުސަތު ދިނީތީވެ އެހެންވެ ކަމަށެވެ.

”އަޅުގަނޑަށް އެނގިހުރެ މި ވާހަކަ އަޅުގަނޑު މި ބުނަނީ ނުފޫޒުގެ ބޭނުންކޮށްގެން ދެން ތިބި ދެ މެމްބަރުން ވެސް އައިސްގެން އުޅެނީ. އެމްސީއާ ހަމައަށް ފޯނުކޮށްގެން. އަބްދުﷲ ރިޔާޒަށް ފުރުސަތު ދިނީތީވެ، އެބޭފުޅުން ވެސް އަންނަން ބޭނުންވެގެން މަސައްކަތް ކޮށްކޮށް ހުއްޓާ ރިޔާޒަށް ފުރުސަތު ދިނީތީވެ އެހެންވެގެން“ ސަނީފް

މީގެ އިތުރުން ސަނީފް ވިދާޅުވީ އާންމު ރައްޔިތުންނަށް ނުލިބޭ ހުއްދައެއް ފުލުހުން ވަކި ދޫކުރާ އުސޫލު ސާފު ނުވާ ކަމަށެވެ. އަދި ޒަރޫރީ ކަންކަމުގައި ރަށަށް ނުވަތަ މާލެއަށް ދާންޖެހިފައިވާ ފަރާތްތަކަށް ހުއްދަ ނުލިބޭއިރު، ވަކި ބަޔަކަށް ހުއްދަ ލިބެންޖެހޭ ސަބަބު ނުވިސްނޭ ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ސިޔާސީ މީހުން މެދުވެރިވެގެން ފުލުހުންގެ އެންމެ އިސްވެރިޔާއަށް ގުޅައިގެން ހުއްދަތައް ހޯދަން ޖެހުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދ އެއީ އާދައިގެ މައްސަލައެއް ނޫން ކަމަށާއި އެތައް ރައްޔިތުންނެއް އެކަމުގައި މަޖިލިސް މެންބަރުންނަށްވެސް އެއްޗެހި ގޮވާ ހެދިކަމަށް ސަނީފް ވިދާޅުވިއެވެ.

”އެ އަދި އެދޭހާ އިރަށް އެދޭހާ ކަމެއްގައި އެބޭފުޅުން ބޭނުންވާ ބަޔަކަށް ފުރުސަތު ދޭކަމަށް ވަންޏާ އޭގަ އެބައުޅޭ މައްސަލައެއް، މީކީ އާދައިގެ މައްސަލައެއް ނޫން. ބައެއް މީހުން މީ އާދައިގެ މައްސަލައެއް ކަމަށް ދެކުނަސް މީކީ އާދައިގެ މައްސަލައެއް ނޫން. މީ އެތައް ރައްޔިތުންނެއް އަޅުގަނޑުމެންނާ ދިމާލަށް އެތައް އެއްޗެއް ކިޔާ ގޮވި މައްސަލައެއް“ ސަނީފް

ސަނީފް ވިދާޅުވީ މިކަމުގައި މެމްބަރުންގެ މައްސަލައެއް ނޫޅޭ ކަމަށާއި، ބަލަން ބޭނުންވަނީ ފުލުހުން ހުއްދަ ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ކަމަށެވެ. މެންބަރު ސަނީފް އެ ވާހަކަތަކާއި ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އެ ދެ މެންބަރުން މާލެ ވަޑައިގެން މައްސަލަ ކޮމިޓީން ބަލުމަށް ހުށަހަޅުއްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: