ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރަންޓްލައިނުގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ފޯނުތަކަށް ސައިބާ އެޓޭކު ދެނީ!

ކޮވިޑާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންގެ ފޯނުތައް ހެކް ކުރުމަށް ސައިބާ އެޓޭކުތަކެއް - ފޮނުވަމުންދާ މެސެޖުތަކުގެ ސްކްރީންޝޮޓްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑާއި ގުޅިގެން، ބައްޔާއި ދެކޮޅަށް ފްރަންޓް ލައިނުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނަށް އަމާޒުކޮށް ސައިބާ އެޓޭކުތަކެއް ދެމުންދާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ސައިބަރ އެޓޭކް ކުރަމުންދާތީ، އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ތަފާތު އެކި ފަހަރުމަތީން މި އެޓޭކުތައް ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން މެސެޖާއި ކޯލްސްއަށް ބޭނުން ކުރާ ޕްލެޓްފޯމެއްކަމަށް ވާ ވަޓްސްއެޕުން މެސެޖުތަކެއް ފޮނުވަމުންދާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ. މި މެސެޖުތައް ފޮނުވަމުން ދަނީ ކޮންޓެކްޓެއް ނަމުގައި މެސެޖުކޮށްގެންނެވެ. ނުވަތަ ކޮންޓެކްޓެއްގެ ނަމުގައި ފޯންކޮށްގެންނެވެ. އެެއަށްފަހު ކޯޑު ނަމްބަރު ހޯދާ ފޯންތައް ހެކްކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ މި މެސެޖުތައް ފޮނުވަމުން ދަނީ ޑުޕްލިކޭޓުކޮށްފައިވާ ޕްރޮފައިލްތަކެއް މެދުވެރިކޮށް ކަމަށެވެ. ދަންނަ މީހުންގެ ނަމުގައި މި މެސެޖު ފޮނުވަމުން ދާއިރު އެއްވެސް ވަރަކަށް ޝައްކު ކުރެވޭ ޒާތުގެ މެސެޖެއް ލިންކުކޮށް ފޮނުވައިފިނަމަ އެ ލިންކު ނުހުޅުވުމަށް ފުލުހުން ވަނީ އެދިފައެވެ. މީގެ އިތުރުން ފޯނަށް އަންނަ ކޯޑުތައް އެއްވެސް މީހަކާއި ހިއްސާ ނުކުރުމަށް ވެސް ވަނީ އެދިފައެވެ.

https://twitter.com/PoliceMv/status/1260984769640185856

ފުލުހުން މި މައްސަލަ ބަލަން ފެށިއިރު، މިރޭގެ ވަގުތެއްގައި ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓާއި ޓްވިޓާ އެކައުންޓު ވަނީ ހެކްކޮށްފައެވެ. އަދި ސަރުކާރަށް އަމާޒުކޮށް އެ އެކައުންޓުން ދަނީ ޓްވީޓުތަކެއް ކުރަމުންނެވެ.

މީގެ އިތުރުން އެޗްޕީއޭއާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓު ހެކްކޮށް، މީގެ ކުރިން ވަނީ އިންޒާރުތަކަކާއެކު ވީޑިއޯއެއް އާންމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: