ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބި ޕާކިސްތާނުގެ 43 މީހަކު ޤައުމަށް ގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި ޕާކިސްތާނުގެ 43 މީހަކު ޤައުމަށް ގެންގޮސްފިއެވެ.

މި ކަން ހާމަކޮށް ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ބުނީ، ރާއްޖޭގައި ތިބި ޕާކިސްތާނުގެ 43 މީހަކު އަނބުރާ ޤައުމަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހުން އެނބުރި ޤައުމަށް ފުރާފައިވަނީ، ސްރީލަންކަން އެއަރލައިންސްގެ މަތިންދާބޯޓެއްގައި ކަމަށް ވެސް، ޕާކިސްތާނު އެމްބަސީން ހާމަކުރެއެވެ.

މިކަމާއި ގުޅިގެން، ޕާކިސްތާނު އެމްބަސީން ވަނީ، އެ ޤައުމުގެ ރައްޔިތުން،ފޮނުވައިދިނުމުގައި ދިވެހި ސަރުކާރުން ވެދެއްވި އެހީތެރި ކަމަށް ޝުކުރު އަދާކޮށްފައެވެ.

https://twitter.com/PakistaninMale/status/1260514051051999232?s=19

ޕާކިސްތާނުގެ 43 މީހަކު އެނބުރި ޤައުމަށް ފުރާފައިވާއިރު، ބަންގްލަދޭޝްގެ 500 އަށްވުރެ ގިނަ ރައްޔިތުން ގޮވައިގެންމީހުން ދެ ފްލައިޓެއް މިއަދު ފުރާނެކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހުކުރުވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ބަންގްލަދޭޝްގެ 1500 މީހަކު އަނބުރާ ޤައުމަށް ފޮނުވައިލުމުގެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާކަމަށް، މި ހުސްވި ހަފުތާގެ ހޯމަދުވަހު ޤައުމާއި މުޚާޠަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހަށް ރާއްޖެއިން މިހާތަނަށް 982 މީހުންޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި ޕާކިސްތާނުގެ 3 މީހުން ހިމެނެއެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: