ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް 19 އިން އަޅުގަނޑުމެންނަށް ދަސްކޮށްދިން އެއް ފިލާވަޅަކީ އާއިލީ ގުޅުމުގެ މުހިއްމުކަން: ޖެންޑަރ މިނިސްޓަރ

ޖެންޑަރ މިނިސްޓަރ ޢައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް 19 އިން ދަސްކޮށްދިން އެއް ފިލާވަޅަކީ އާއިލީ ގުޅުމުގެ މުހިއްމުކަން ކަމަށް ޖެންޑަރ މިނިސްޓަރ ޢައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. 

ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުހައްމަދު ދީދީ ދެއްވާ މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި  ކޯވިޑް 19 އިން ދަސްކޮށްދިން އެއް ފިލާވަޅަކީ އާއިލީ ގުޅުމުގެ މުހިއްމުކަމާއި އާއިލާގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމުގައި އާއިލާގެ ކޮންމެ މެންބަރެއްގެވެސް މުހިއްމު ދައުރެއް އޮތްކަން ކަމަށެވެ.  އަދި، އާއިލާގެ މެންބަރުންގެ އެކި ބޭނުންތަކަށް ފަރުވާ އެއް ހޯދުމުގައި މުޅި އާއިލާ ޝާމިލްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ހާމަވެގެން ހިނގައްޖެ ކަމަށާއި  މި މުހިއްމު ފިލާވަޅާއެކު މިއަދު އަޒުމަކަށް ހަދަންވީ މި ކުރިމަތިވި ހާލަތާއެކު ބަދަހިކުރެވުނު އާއިލީ ގުޅުން އަބަދުވެސް އެގޮތުގައި ދެމެހެއްޓުންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 

މުޅި އާއިލާގެ ރައްކާތެރިކަމަށްޓަކައި ފަރުދީ ގޮތުން ރައްކާތެރިވުމަށް ކުރި މަސައްކަތް، ނިމުމެއް ނެތް މަސައްކަތެއް ކަމުގައި ހެދުންޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ  އާއިލާގެ އެއް މެންބަރަކު އަނެއް މެންބަރަކަށް ދިން ވަގުތާއި، އެކަކު އަނެކަކަށްޓަކައި ވީ ގުރުބާނީ އަކީ އެއްވެސް އިރެއްގައި މެދުކަނޑައި ނުލެވޭނެ ކަންކަންކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށެވެ. 

އާއިލާތަކުގެ ދުވަހު ވިސްނުމުގައި އިތުރަށް ބަހައްޓަންވީ މުހިއްމު އަނެއް ކަމަކީ އާއިލާ އާއި މުޖްތަމައަކީ ގުޅި ލާމެހިފައިވާ ދެ ބަހާ ކަން މުޅި މުޖްތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުން މުހިއްމުވާ ފަދައިން މުޖްތަމައުގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު ވަކިވަކި އާއިލާތަކަށް ނުކޮށް ދިއުމަކީ ދުރުކަމެއް ކަން ޖެންޑަރ މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 

ކަން މިހެން އޮތުމާއެކު ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރަންވީ އެއް ހަގީގަތަކީ ގައުމުގެ ކުރިމަގަށްޓަކައި އާއިލާއެއްގެ ތެރޭގައި އޮންނަ ގުޅުން ވަރަގަދަވާންޖެހޭ ކަން ކަމަށް މިނިސްތަރ ވިދާޅުވިއެވެ. އަދި މުޅި މުޖްތަމައުގެ ހެވަށްޓަކައި އާއިލީ ގުޅުންތައް ހީނަރުވެދާނެ އެއްވެސް ކަމަކަށް ޖާގަ ނުދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާ އެއްކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ. އަދި، ހަމަ އެއާއެކު އާއިލާ އާއި ދުރުގައި ހުރެ ގެއިން ބޭރުގައި ކުރާ ކޮންމެ އަމަލަކީވެސް ތިމާގެ އާއިލާ އެކޭ އެއްފަދައިން އެހެން އާއިލާތަކަށްވެސް އޭގެ ރަގަޅު ނުވަތަ ނުރަގަޅު އަސަރު ކޮށްފާނެ އަމަލެއް ކަން ދަންނަން ޖެހޭ ކަމަށާއި މި ސަބަބުތަކަށްޓަކައި އާއިލާ އާއި މުޅި މުޖްތަމައުގެ މަންފާ އަށްޓަކައި އެކަކު އަނެކަކަށް އިހުތިރާމާއި، އޯގާތެރިކަމާއެކު އަޅާލާ، ޒިންމާދާރު ރައްޔިތަކަށްވުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޖެންޑަރ މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: