ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގެ މުހުލަތުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ މުހުލަތު ހަމަވަންދެން ސަރުކާރު އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސައިފިއެވެ.

މި ކަން ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނީ،
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، މާލޭ ސިޓީގެ މަގުމައްޗަށް ނިކުމެއުޅުމާއި، އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، އެޗްޕީއޭއިން ނެރެފައިވާ އަމުރުގެ މުހުލަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް، އެ އޭޖެންސީން ނިންމާފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސް ހަމަޖައްސަވާފައިވާކަމަށެވެ.

މި ގޮތުން ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސް ހަމަޖައްސަވާފައިވަނީ، މި މަހުގެ 17 ވާ އާދިއްތަ ދުވަހުން ފެށިގެންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން، އޮފީސްތައް ނުހުޅުވުނު ކަމުގައިވިޔަސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށް ރައީސް ވަނީ އަންގަވާފައެވެ.

މި ގޮތުން، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން، އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި، ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯދުމަށް ވެސް، ސަރުކާރު އޮފީސްތަކަށް ރައީސް ވަނީ އަންގަވާފައެވެ.

ހަމައެއާއެކު، ކުރިއެކޭވެސް އެއްގޮތަށް މި ދަނޑިވަޅުގައި ވެސް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ކުރަމުން ގެންދިއުމަށް ވެސް ރައީސްވަނީ އަންގަވާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުން، އޮންލައިންކޮށް ފޯރުކޮށްދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ވެސް، ރައީސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: