ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ ނަހުލާ އަތުގައި އެންމެ 2000ރ.! އެކަމަކު ރިސޯޓް އޯނަރެއް!؟ ނަހުލާ ގާނޫނު އަސާސީއާއި ހިލާފުވީތަ ނޫނީ ދޮގު ހެދީތަ؟

މިނިސްޓަރ އާއިޝަތު ނަހުލާ. ނުފެނިގެން ސުވާލުކުމުން ސަރުކާރުން ވިދާޅުވަނީ ހުންނެވީ ރިސޯޓުގައިކަމަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ބެހިފަ އޮތް ގުދުރަތީ ގޮތުން، ރާއްޖެއަކީ ދަތުރުފަތުރާއިނުލާ ފުރިހަމައަށް ހިނގައިގަތުން މުސްތަހީލު ގައުމެކެވެ. 200 ރަށް ވަކިވަކިން ރާއްޖޭގައި އަތޮޅުތަކަށް ބެހިފައި އޮންނައިރު އެއްބަޔަކު އަނެއްބަޔަކާއި މެހި، ވިޔަފާރި ހިނގާ، ހިނގައިގަނެވެނީ އެއްބަޔަކު އަނެއް ބަޔެއްގެ ގާތަށް ދަތުރުކުރެވިގެންނެވެ. ރަށުގައި ތިއްބަވާ ފަރާތްތަކުން ސަކަލު، ބައިސްކަލު، ކާރުފަދަ އެއްގަމު އުޅަނދެއްގައެވެ. އެއް ރަށުން އަނެއް ރަށަށް ދާނަމަ ދޯންޏެއް، ލޯންޗެއް ނުވަތަ ބޯޓެއްފަދަ މޫދުގައި ދުއްވާ ސަވާރީއެއްގައެވެ. ތަންކޮޅެއް ދުރުނަމަ، ނުވަތަ ރާއްޖެ ދޫކޮށް އެހެން ގައުމަކަށްނަމަ މަތިންދާބޯޓެއްގައެވެ. މިދަންނަވާލީ ރާއްޖެއާއި ދަތުރުފަތުރު ގުޅިލާމެހިފައި އޮތް މިންވަރެވެ. މިކަން މުހިއްމުވެ، މިކަމަށް ވަކި ވުޒާރާއެއް ހަމަޖެހި އެމުއައްސަސާ ހިންގުން ހަވާލުކުރެއްވީ ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާއާއިއެވެ. 

މިއަދު ރާއްޖެއަށް މިވަނީ މުޅި ދުނިޔެ ތަޖުރިބާކުރަމުންދާ ކޯވިޑް19 ގެ ނުރައްކާ ފޯރާފައެވެ. ރާއްޖޭގެ ރަށްތައް މިވަނީ ބަންދުވެފައެވެ. ރައްޔިތުން މިތިބީ ފުރަ ބަންދެއްގައެވެ. ރާއްޖެ ފުލް ލޮކްޑައުންއަކަށް ދިޔައީ މިދިޔަ އޭޕްރީލް15 އެވެ، މިއަދަށް މިވީ ބަރާބަރު އެއް މަސް ދުވަހެވެ. ރާއްޖޭގައި މިވީ އެއް މަސްދުވަސްތެރޭ ލައްކަ ކަންކަން ވެއްޖެއެވެ. އެތައް ބަޔަކު ހާލުގައި ޖެހިއްޖެއެވެ. އެތައް ބަޔަކު ވަޒީފާ ގެއްލިއްޖެއެވެ. ކަމާއި ގުޅުންހުރި ގިނަ ވަޒީރުން ގެންދަވަނީ ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވާ މައުލޫމާތުދެއްވަމުންނެވެ. ހާއްސަކޮށް ހެލްތް މިނިސްޓަރ އަމީނާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި، ފިނޭންސް މިނިސްޓަރ އަމީރާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ހިމެނިވަޑައިގަންނަވައެވެ. މިއީ މި ބަލިމަޑުކަމުގައި އެންމެ ބޮޑަށް ބޭނުންޖެހޭ ވަޒީރުންވެސްމެއެވެ. މިބޭބޭފުޅުން ގަވާއިދުން ފެންނައިރު، ކޯވިޑް19 ޖެހުނު ފަހުން މިއަދާއި ހަމައަށް އެވުޒާރާގެ ވަޒީރު އާއިޝަތު ނަހުލާއެއް ނުފެނެއެވެ.

ޓެކްސީ ޑްރައިވަރުންގެ އާމްދަނީ ހުއްޓިއްޖެއެވެ. މާލެ ކައިރި ދަތުރުފަތުރު ހުއްޓިއްޖެއެވެ. ބަހުގެ ހިދުމަތް ހުއްޓިއްޖެއެވެ. ރާއްޖެއިން ބޭރުގައި އެތައް ހާސް ބަޔަކު ތިބީ ތާށިވެފައެވެ. ގައުމަށް އަންނަން ބޭނުންވެފައެވެ. އަތުގައި ހުރި ލާރިކޮޅުވެސް ހުސްވީއެވެ. ރާއްޖެ އަންނަ ފްލައިޓްތައް ދަތުރުތައް ހުއްޓާލައިފިއެވެ، ހާއްސަ ދަތުރެއް ނޫނީ ނުކުރެއެވެ. ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ވަޒީރުގެ ހިލަމެއް ނުވިއެވެ. މިކަމާއި ރައްޔިތުން މާބޮޑަށް ކަންބޮޑުވެ، ސޯޝަލް މީޑިއާގައި “ޓްރާންސްޕޯޓް މިނިސްޓަރު ގެއްލިއްޖެ” ކަމަށާއި “މިނިސްޓަރ ނަހުލާ ހޯދައި ނުފެނިގެން” އުޅޭކަމަށް ޕޯސްޓްކުރަން ފެށުމުން ނޫސްވެރިން، އެކަން އެންއީއޯސީގެ ސަމާލުކަމަށް އެކަން ގެނައެވެ.

އިވޭ އަޑުތަކުން އިނގެނީ މިނިސްޓަރު ނަހުލާގެ އާއިލާ އުޅުއްވަނީ ވަރަށް ދަތީގައެވެ. ރިސޯޓްތައް ހުއްޓި އާމްދަނީ މަދުވެ ބައެއް ވިޔަފާރިތައް ހުއްޓާލާ، އަނެއްބައި ވިޔަފާރުތައް ހުއްޓާލުމުގެ ނޯޓިސް ދިން ވާހަކައެވެ. މުވައްޒަފުންގެ ރޯދަ އެލަވަންސް ދޭނެ ފަދައެއްވެސް ނެތް ވާހަކައެވެ. މުސާރައިގެ ގޮތުގައި ދެނީ ނަހުލާގެ މިލްކިއްޔާތުގައި ހުރި އަދަދާއި އެއްވަރުގެ ދެހާހަކަށް ރުފިޔާއެވެ. ނަހުލާގެ ބެލުމުގެ ދަށުގައި އޮންނަ ސިވިލް އޭވިއޭޝަންގެ ވިލާ އެއަރގެ ޕައިލެޓުންނަށް ލިބެނީ ހާހެއްހާ ރުފިޔާއެވެ، އެމީހުން އެކަމުގެ ޝަކުވާއާއިގެން ދާން މިޖެހެނީ “މެޑަމް މިނިސްޓަރ” އަރިހަށެވެ. އެހެންކަމުން އެންމެވެސް މިނިސްޓަރު ހޯދަނީއެވެ.

ސުވާލަކީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ކޮބައިތޯއެވެ؟ ތަރުޖަމާން މަބްރޫކް އަޒީޒް ދެއްކެވި ވާހަކައިން ލިބުނު ޖަވާބަށްވުރެ އިތުރުވީ ސުވާލުތަކެކެވެ، އެބަޔަށް ޖެހިލާނީ ޖަވާބަށްފަހުއެވެ.  

އެސުވާލުގަ އެވަގުތު އަޅުގަނޑަށް ލިބިފަ އޮތް މައުލޫމާތަށް އެވަގުތު ޖަވާބު ދިނީ، އެހެން ނަމަވެސް ޕްރެސް ނިންމާލުމަށްފަހު ޗެކް ކޮށްލިން، ޓެގް ގެ ޑިޒިޝަނެއް ނެގިފަ ވަނީ މިކަމާއި ގުޅިގެން، އެއީ މި ޑިޒިޝަނަކީ އިތުރަށް ނިންމި ނިންމުމަކަށްވުރެ ބޮޑަށް، ރިސޯޓް ތަކުގެ އޯނަރުން ރާއްޖެއިން ބޭރުގަ ތިބެފަ ރާއްޖެއަށް ވަޑައިގެން އެ ރިސޯޓް ތަކުގަ ކަރަންޓީން ވެގެން ތިބޭ ގޮތަށް އޮތީ. ހަމަ މިގޮތަށް ކަން ކުރެވިދާނެ ކަމަށް ދިވެހި ރިސޯޓް ތަކުގެ މުވައްޒަފުންނަށްވެސް، އެ ބޭފުޅުންގެ ރިސޯޓްތަކުގަ ތިބެވިދާނެ ކަމަށް. އެގޮތަށް ތިއްބަވާނަމަ ހަމަ ފޮލޯކުރަން ޖެހޭ ގަވައިދުތަކެއް ވެސް ވަނީ ނިންމަވާފަ. މިކަމުގަ މިނިސްޓަރ (އައިޝަތު ނަހުލާ) ވަޑައިގެންނެވިކަމަކަށާއި އަދި ފަސް މީހުން ތިބިކަމަށް ހަމަ ކުރިންވެސް އަޅުގަނޑު ފާހަގަ ކުރިހެން، ހަމަ 14 ދުވަހުގެ މުއްދަތު ހަމަކުރަން ޖެހޭނެ: މަބްރޫކް

ބުރާސްފަތި ދުވަހުގެ ރޭ ކޮވިޑް-19 ގެ ޓާސްކް ފޯހުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ މާލެ ލޮކްޑައުންކުރި ފަހުން ރިސޯޓެއްގައި ހުންނަވާ ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މިނިސްޓަރު ނަހުލާ ރިސޯޓެއްގައި މަޑުކުރައްވަނީ ދާދިފަހުން އެކުލަވާލި ޚާއްސަ އުސޫލެއްގެ ދަށުން ނިންމުނު ނިންމުމުގެ ތެރެއިން ކަމަށެވެ. އެއީ ރިސޯޓުތަކުގެ އޯނަރުންނާއި އެނޫންވެސް އިންވެސްޓަރުންނަށް ރާއްޖެ އައުމުގެ ހުއްދަ ލިބޭ ހާއްސަ އުސޫލުގެ ދަށުންކަމަށް މަބްރޫކް ވިދާޅުވިއެވެ. 

ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ފަސް ރިސޯޓު ހިންގާ އިރު ތިން ރިސޯޓު ވަނީ ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ސަރުކާރަށް ދޫކޮށްފައެވެ. ނަހުލާ އޭނާގެ ކޮއްކޮއަކާއި، ކޮއްކޮގެ ފިރިމީހާއާއެކު ހުންނެވީ ސަން އައިލެންޑުގައިކަމަށް ހަބަރު ލިބެއެވެ. 

މިފަދަ ހައްސާސް، ރައްޔިތުންނަށް މުހިއްމު ވަގުތެއްގައި “އަމިއްލަ ސަލާމަތަށް” މިނިސްޓަރ ނަހުލާ ސަން އައިލެންޑަށް ވަޑައިގަތުންވެސް ގޯހެވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކީކޭތޯއެވެ؟ މިކޮވިޑް19 ގައި ތިމަން މަނިކްފާނު ނަންގަވާނެ، އަޅުއްވާނެ އިތުރު ސަލާމަތީ ރައްކާތެރިކަމެއް ނެތްކަމަށާއި ހުންނަވާނީ ރައްޔިތުން ތިއްބެވި ހާލެއްގައި ރައްޔިތުންނާއިއެކުކަމަށެވެ. ރިސޯޓްތައް ކަރަންޓީނަށް ދިނުމަށް ވިޔަފާރިރިވެރިން ނިންމުގެ ކުރިން ރައީސް ނިންމެވީ ރިޔާސީ ރަށް، އާރަށްވެސް ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންކުރުމަށެވެ. އެމަނިކްފާނު ހުންނެވީ ގެކޮޅުގައެވެ. ވެރިންނަކީ އެއީ ނޫންތޯއެވެ، ނަމަވެސް އެމަނިކްފާނުގެ ވަޒީރު ނަހުލާ ނިންމެވީ އެއަށްވުރެ މަތިން ލަގްޒަރީ ރިސޯޓެއްގައި ބަލިން ފިއްލެވުމަށެވެ. 

މިނިސްޓަރ ނަހުލާގެ މިނިންމެވުން ގޯސްވާ އަނެއް ސަބަބަކީ ވަޒީރުން ކުއްލި ކުއްލިއަށް ނިއުސް ކޮންސަރެންސްތައް ދެއްވާއިރު، ރައްޔިތުން ރަށު ބަންދުގައި، ގޭ ބަންދުގައި ތިބިއިރު އެކަމާއިބެހޭ ވަޒީރު އެއިން ކަމަކަށް އެއްޗެއް ވިދާޅުވާން ނުނުކުންނެވީމައެވެ. މާދަމާ ރައީސް ކަމަނާ އަރިހު، ރައްޔިތުންނަށް އެއްޗެއް ވިދާޅުވާން ދަރުބާރުގެއަށް ވަޑައިގެންނެވުމަށް އެންގުމުން ވިލާރޯޅީގައި މާލެ އައިސް، ޕްރެސް ނިންމާލުމަށްފަހު އަނެއްކާވެސް ސަން އައިލެންޑަށް ވަޑައިގަންނަވާނީތޯއެވެ؟ ތިޔަ ރިސޯޓްގައި ތިބި މުވައްޒަފުން މިހާރުވެސް ކަމަނާއަށް ސަރވްކުރައްވަން އެތިބީ ރުހިގެންނެއް ނޫނެވެ. އޭގެ މައްޗަށް އެމީޙުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ފަރުވާލެއް ނުބަހައްޓަވާނީތޯއެވެ؟ ވަޒީރު މާލޭގައި، ގާސިމް ދެއްވާފައިހުރި އެޕާޓްމެންޓްގައި މިވަގުތު، ރައީސް ގޮވާލެއްވީމާ އިޖާބަދެއްވޭހާ ކައިރި ތަނެއްގައި ހުރުމުން ކަމަނާގެ ގަދަރެއް އުނިކަމެއް އަންނަނީތޯއެވެ؟ ނުވަތަ މި ލޮކް ޑައުން ކަމަނާއަށް ސިފަވީ ބޮޑު ޗުއްޓީއެއްގޮތުގައިތޯއެވެ؟

މައުޟޫއަށް އަނެއްކާވެސް ޖެހިލާނަމެވެ. މަބްރޫކް ވިދާޅުވަނީ އައިޝަތު ނަހުލާއަކީ ރިސޯޓް އޯނަރެއްކަމަށެވެ. އެކްސްކިއުޒްމީ! ރިސޯޓް އޯނަރެކޭތޯއެވެ. މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ސާފުކުރައްވާ އެސެޓް ޑިކްލަރޭޝަން ބުނާގޮތުން އައިޝަތު ނަހުލާގެ މިލްކިއްޔާތުގައި އޮތީ އެސްޓީއޯގެ ހިއްސާ ފައިދާގެ 2443.40ރ. (ދެހާސް ހަތަރު ސަތޭކަ ސާޅީސް ތިން ރުފިޔާ ސާޅީސް ލާރި) އެވެ. ރާއްޖޭގެ ރިސޯޓްތަކުގެ އޯނަރުންނަށް ދެހާހަކަށް ރުފިޔާއިން ވެވޭނަމަ، ނުވަތަ ރިސޯޓްތައް ގަނެވޭނަމަ ރާއްޖޭގެ ރައްޔިތުން ކޮތަރުކޮށިތަކުގައި ވިހި ތިރީސް ހާހުން ކުލި ދައްކައިގެން އުޅެނީ ކީއްކުރަންތޯއެވެ؟ ދެހާސް ރުފިޔާއަށް ރިސޯޓް އޯނަރުންނަށް ވާންވީނޫންތޯއެވެ. އަނެއްކޮޅުން ގާނޫނު އަސާސީގައި ވަޒީރުންގެ ޝަރުތާއި،136 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީރުންގެ މަޖިލީޙުގެ މެމްބަރަކު ކޮށްގެން ނުވާނެ ކަންތައްތަކުގެތެރޭގައި ސާފުކޮށް ލިޔެފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއް ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެގެންނުވާނެއެވެ. އަދި ފައިދާއެއް ލިބޭނެ އެހެން މަގާމެއްވެސް ފުރައިގެން ނުވާނެއެވެ.

ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް މިނިސްޓަރުކަން ފުރުއްވިއިރު، އެބޭފުޅާގެ އަނބިކަނބަލުން ރަނުގެ ވިޔަފާރިކަމަށްބެލެވިގެން އެކަން ތަހްގީގް ކުރި ހަނދާނެއްވެއެވެ. އެއީވެސް ވަޒީރުންގެ މަޖިލިސް ނަޒާހަތްތެރިކުރުމަށެވެ. މިފަހަރު މިއީ ސޭޓެއްގެ އަނބިހާގެ ފިރިމީހާއެއް ވިޔަފާރިކުރަނީއެއް ނޫނެވެ، ވަޒީރެއްގެ އަނބިކަނބަލެއް ނޫނެވެ، އަނބިކަނބަލަކީ ސީދާ ވަޒީރެވެ. ރިސޯޓް އޯނަރަކީ ސީދާ މިނިސްޓަރ ނަހުލާއެވެ. 

ވަޒީރުންގެ މަޖިލީޙުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް، އަދި ފައިދާއެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރައިގެން ނުވާނެއެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީ ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެއެވެ…..: ގާނޫނު އަސާސީގެ 136 ވަނަ މާއްދާ

އަނެއްކާ އާއިޝަތު ނަހުލާ އެސެޓް ޑިކްލަރޭޝަންގައި ރައީސުލްޖުމްހޫރިއްޔާއަށް އިތުރުފުޅުހެއްދެވީތޯއެވެ؟ ނުވަތަ ދޮގު މައުލޫމާތުތަކެއް ދެވީތޯއެވެ؟ ނުވަތަ މިނިސްޓަރުގެ އަގު ވައްޓާލުމަށް އެންއީއޯސީގެ ތަރުޖަމާން އަނެއްކާ އިތުރުފުޅުހެއްދެވީތޯއެވެ؟ ކޮންމެއަކަސް މިއީ ސާފުވާން ޖެހޭ ކަމެކެވެ، މިނިސްޓަރ އާއިޝަތު ނަހުލާ ރަށުން ބޭރަށް ވަޑައިގަތުމަށް ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނީތޯއެވެ، ނުވަތަ އަސްލުވެސް ވަޒީރަކީ ރިސޯޓް އޯނަރެއްތޯއެވެ، ހަގީގަތުގައިވެސް ގާނޫން އަސާސީއާއި ހިލާފުވީތޯއެވެ؟ 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ނަހުލާރަޖާއަޅާގެންފިއްލަވާގެންތިއުޅެނީކިއްވެބިއްލޫރިފުޅެއްގެތެރޭއޮތަސް.ﷲތައާލާބަލިޖަވާއަޅުވެއްޖެއްޔާމުންބަލިޖައްސަވާނެ.ބުރުމާކަލޭކަލޭރަތްޔިތުންމަތީންހަދާނެއްނުކުރިކަލޭކަލޭހީކުރަނީތަރަތްޔިތުންކައިރިޔައްނައަންނާނެކަމަށްއެދުވަހުކަލޭހަދާންކޮށްދޭނަން..ތިޔަކަހަލަގޮތްކުޑަމީހުންނާއިހަވާލުކުރާނީމިގައުމެއްނޫން.މުޅިދުނިޔެ.އިގޭތަ

  2. އަޅޭފަހެ އަހަރެންގެ ފިރިމީޙާގެ ރިސޯރޓެއް ހުރިނަމަ އަހަރެންގެ ދަރިންގޮވައިން އަހަރެންވެސް ދާނީ ރިސޯރޓަށެވެ! އަހަރެންގެ ފިރިމީހާ ހިފާފަ ހުރި އެޕާރޓްމެންޓެއްގައި ހުރުމެކޭ އަހަރެންގެ ފިރިމީހާގެ ރިސޯރޓެއްގައި ތިބުމުގެ ތަފާތަކީ ކޮބާތޯ؟މާލޭގެ އެޕާރޓްމެންޓެއްގެ ތެރޭގައި ކުދިންތަކެއް ބަންދުކޮށްގެން އުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން އިގިލައްވާތޯ؟

  3. ތީ އައިސަތު ނަހުލާއެއް ނޫން. އަލުން ނަން ބަދަލުކޮއްގެން ޒުހުދާ ތީ. ހުރިހާ ރިސޯޓެގެ އޯނަރު މާލޭގަވެސް ބޮޑެތިހެން ހީވާ މުއްސަނދިން ފެލައިގެން އުޅުނުމީހެއް. ވަރަށް ރަގަޅަށް އެނގިގެން މިބުނީ. އެހެން ތެޅެނިކޮން ބުރުމާގާސިމާވެސް ދިމާވީ. ތީ މި ދިވެހި ރާއްޖޭގެ ތުންފުއްސެއް???? މިހާރުވެސް ނަހުލާއޭބުނީމަ ނޭނގޭ މީހުންގިނަވާނެ. އެކަމު ރިސޯޓު ބަޑި ޒުހުދާއޭ ބުނީމަ ނޭގޭމީހަކު މަދުވާނެ.?? ބޮޑު ބަޑި?

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: