ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިވަރުގައި އަލަށް ޤާއިމުކުރާ ކަރަންޓީނު ފެސިލިޓީއަށް ބޭނުންވާ ބައެއް ސާމާނުވަނީ ހަވާލުކުރެވިފައި: ސްޓެލްކޯ

ފޮޓޯ:ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިވަރުގައި އަލަށް ޤާއިމުކުރާ ކަރަންޓީނު ފެސިލިޓީއަށް ބޭނުންވާ ބައެއް ސާމާނު ވިލިވަރާއި ހަވާލުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މި ކަން ހާމަކޮށް ސްޓެލްކޯއިން އަންގާރަ ދުވަހުގެ ރޭ ބުނީ،  ސިންކްރޮނައިޒިން ޕެނަލްއަށް ބޭނުންވާ ހުރިހައި ސާމާނެއް މިހާރު ވިލިވަރާއި ހަވާލުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން، ޑިސްޓްރިބިއުޝަން ނެޓްވޯކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިލިވަރާއި  ހަވާލުކޮށްފައިވާކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

https://twitter.com/STELCOMALDIVES/status/1261313849904582663?s=19

ސްޓެލްކޯއިން، ސިންކްރޮނައިޒިން ޕެނަލްއަށާއި، ޑިސްޓްރިބިއުޝަން ނެޓްވޯކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިލިވަރާއި ހަވާލުކޮށްފައިވާއިރު، މީގެ ދެ ދުވަސްކުރިން، 1 މެގަވޮޓްގެ ޖެންސެޓެއް ވެސް، ގެންގޮސްފައިވެއެވެ.

މި 1 މެގަވޮޓްގެ ޖެންސެޓް ގެންގޮސްފައިވަނީ، ކޮރޯނާ ވައިރަހާއި ގުޅިގެން، އެ ރަށުގައި ޤާއިމުކޮށްފައިވާ ފެސިލިޓީގައި ގިނަ އަދަދެއްގެ  ބިދޭސީން ބޭތިއްބުމަށް ސަރުކާރުން ނިންމާފައިވާތީ، އެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައިކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: