ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީގެ 18 ގެއަކާއި، ނ.މަނަދޫގެ 8 ގެއެއް ކަރަންޓީނުކޮށްފި

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ 18 ގެއަކާއި، ނ.މަނަދޫގެ 8 ގެއެއް ކަރަންޓީނުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން(އެޗްޕީއޭއިން) ހާމަކޮށްފިއެވެ.

އެޗްޕީއޭގެ އަޕްޑޭޓްސްތަކުގައި ވާގޮތުން ހުކުރު ދުވަހު ކަަރަންޓީން ކޮށްފައި ވަނީ ހެންވޭރު 7 ގެއަކާއި، މާފަންނު 03 ގެއަކާއި، ގަލޮޅު 03 ގެއަކާއި، މައްޗަންގޯޅި 01 ގެއެވެ.

މީގެ އިތުރުން، ހުޅުމާލޭގެ 02 ފްލެޓަކާއި، ވިލިމާލޭގެ 02 ގެއެއް ވެސް ހިމެނެއެވެ. ހަމައެއާއެކު ނ.މަނަދޫގެ 08 ގެއެއް ވެސް ކަރަންޓީނުކޮށްފައިވާކަމަށް އެޗްޕީއޭގެ އަޕްޑޭޓްސްތައް ބުނެއެވެ.

މި ގޮތުން ހެންވޭރުން ކަރަންޓީނުކުރި ގޭބީސީތަކުގެ ތެރޭގައި:

1. ހ.ޔާދް،
2.ހ.ފެބްރިކްވިލާ/ފުރަތަމަ ބުރި،
3.ހ.ސިސިލްހިޔާ 4A, 5A, 7A, 8A،
4.ހ.މަޑިވަރު،
5.ހ.އާދުނި 1B ،
6.ހ.ގާޑްން ބިއުޓީ/ ތިރީ ބުރި،
7.ހ.ދުނގެތިމާގެ/4 ވަނަ ބުރި، ހިމެނެއެވެ.

މާފަންނުން ކަރަންޓީނުކުރެވުނު ގޭބީސީތަކުގެތެރޭގައި:

1.މ.ނެދުންގެ،
2.މ.ހިލަން،
3.މ. ކެކުރިމާގެ/ފުރަތަމަ ބުރި، ހިމެނެއެވެ.

ގަލޮޅުން ކަރަންޓީނުކުރި ގޭބީސީތަކުގެތެރޭގައި:

1.ގ.ސްވިންގް،
2.ގ.ކުދިމާގެ،
3.ގ.ތޮނި އައްސޭރި/2 ވަނަ ބުރި، ހިމެނެއެވެ.

މީގެ އިތުރުން މައްޗަންގޯޅިން ކަރަންޓީނުކޮށްފައިވަނީ، މއ.އަލަމާގެ/3 ވަނަ ބުރިއެވެ. 

ހުޅުމާލެއިން ކަރަންޓީނުކޮށްފައިވަނީ،  ހުޅު މާލެ ލޮޓް/11294ތިރީބުރިއާއި، ހުޅުމާލެ ލޮޓް 11220/ދެވަނަ ބުރިއެވެ.

ވިލިމާލެއިން ކަރަންޓީނުކޮށްފައިވަނީ، ވ.ހަބީ ހިޔާ
ވ.އިސްކްރީން އާގެއެވެ.

ނ.މަނަދޫން ކަރަންޓީނުކުރި ގޭބީސީތަކުގެ ތެރޭގައި، އެ ރަށު ބަގީޗާގެ އާއި، މައި ޝައިން އާއި، ހަނދުވަރީގެ އާއި، މަންޒަރުގެ އާއި، ހީރާ ހިމެނެއެވެ. މީގެ އިތުރުން، ގޯލްޑް ލައިޓް އާއި، ފަށަލަ އާއި،
ފެހިވިލާގެ ވެސް ހިމެނެއެވެ.

މި ތަންތަނުގެ އިތުރަށް ވެސް ހުކުރުދުވަހުގައި ބައެއް ތަންތަންވަނީ ކަރަންޓީނުކުރެވިފައެވެ. މި ގޮތުން،
އިރަ ސައިޓް/ހުޅުމާލެ އާއި، ހޮޓެލް އޮކްޓެވް މޯލްޑިސް/ މާލެ އާއި، ބީޗް ޕެލަސް ގެސްޓު ހައުސް/107 އާއި، މ. ވީބީ މާޓް ހިމެނެއެވެ.

ހުކުރު ދުވަހުގައި މި ހުރިހައި ތަނެއް ކަރަންޓީނުކުރެވިފައިވާއިރު، ނ.މަނަދޫން 9 މީހަކާއި، ކ.ހިންމަފުށީ ރީހެބިލިޓޭޝަން ސެންޓަރުން 03 މީހަކާއި، ވީބީ މާޓުން 08 މީހަކުވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން، އިބްރާހިމީ މިސްކިތުގެ އިމާމާއި، އައިޖީއެމްއެޗަށް ކިޑްނީ ޑައިލަސިސް ހަދަންދިޔަ މީހަކު ވެސްވަނީ، ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާއިރު ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު މިވަނީ 1032 އަށް އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: