މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން މި އަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް ސަރުކާރަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ނިންމައިފިއެވެ.
ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި، ތި މާވައްޓަށާއި، އިއާދަކުރަ ނިވި ހަކަތަ ބޭނުންކުރުމާއި އެކަންކަން ފުރިހަމަ ކުރުމަށް ޕްރޮގްރާމްތައް ހިންގާނެ އުސޫލު ތަކެއްގެ ލަފާ ސަރުކާރަށް ދިނުމާ ގުޅޭ ގޮތުން އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި 25 ކަމެއް ހިމަނާފައިވެއެވެ.
ކޮމިޓީގެ ރިޕޯޓުގައި ބަނބުކެޔޮ ގަސް ހެއްދުން ފިޔަވައި ދެން ހިމަނާފައިވަނީ ވރުވާއަށް ދޫކޮށްފައިވާ ރައްތަކުގައި ދަނޑުވެރިކަމާއި، ކުކުޅު ގެންގުޅުންފަދަ މަސައްކަތްތައް ހިންގުމަށް ރަށްތައް ދޫކޮށްފައިވާ ފަރާތްތަކަށް ބާރު އަޅާ އެފަރާތްތަކަށް އެކަމުގައި އެހީތެރިވުމާއި ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި އޯގޭނިކް ބޭސް ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމެއް ފެށުމަށެވެ.
ދިވެހިރާއްޖޭގެ ރަށްރަށުގައި ހުރި ގިނަ ރުކަކީ ދުވަސްވެ މުސްކުޅިވެފައިވާ ރުއްކަމަށް ތަޖުރިބާކާރުން ބުނާތީ، ދެލައްކަ ރުއް ދިވެހިރާއްޖޭގައި އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމާއި ދިރިއުޅުމަށް ގޯތި ދޫކުރުމުގައި އެ ގޯއްޗަކަށް އެކަށޭނެ މިންވަރަކަށް ”ހޯމް ގާޑްން“ ހެއްދުމަށް ގަވާއިދުގައި ހިމެނުމަށް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން ދުނިޔެއަށް ދިމާވާ މިފަދަ ދަތި ދުވަސްތަކުގައި ދިވެހިރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ތަންތަނާއި ބާވަތްތަކުގެ ބޭނުން ނާޖާއިޒް ގޮތެއްގައި ހިފުން އިތުރުވެދާނެކަމަށް ބަލައި، ސަރުކާރުން ގައިޑްލައިންތަކެއް ކަނޑައަޅާ، އެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ހިމާޔަތް ކުރެވިފައިވާ ތަންތަން ބެލެހެއްޓުން ކައުންސިލްތަކާ ޙަވާލުކުރުމަށް ކޮމިޓީންވަނީ ލަފާދީފައެވެ.
ތަރައްޤީގެ މަޝްރޫޢުތަކުގައި ހަކަތަ ބޭނުންވާ މިންވަރު ބަލާ، އެ މަޝްރޫޢުތަކުގެ ބަޖެޓް ހަދާއިރު، އިއާދަކުރަނިވި ހަކަތަ ހިމެނުމަށް ބަޖެޓްކުރުމާއި ދަތުރުފަތުރަށާއި މަސްވެރިކަމަށް އެންމެ ކުޑަމިނުން ކުރިއަށް އޮތް އަހަރެއްހާދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކުރެވޭނެކަން ޔަޤީންކުރުމާއެކު ތެޔޮ ރައްކާކުރެވޭނެ މިންވަރު އިތުރުކުރުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރަށް ލަފާ ދިނުމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.
ކޮމިޓީ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ޔުޓިލިޓީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމާއި، ކަރަންޓް ބިލުތައް ކުޑަކުރެވޭނެ ގޮތްތަކެއް އޮތްތޯ ބެލުމަށްޓަކައި ފެނަކައާއި ސްޓެލްކޯގެ ހިންގުމުގެ ނިޒާމު މޮނިޓަރ ކުރުން ހިމެނެއެވެ.
މަސްވެރިކަން ކުރިއަރުވައި އަދި މަސްވެރިކަމުގެ ބާޒާރުގައި އެކަން ކުރާ ދޯނިފަހަރު އިތުރު ކުރުމުގެ ގޮތުން ސަރުކާރުން މަސްދޯނިތައް ހަދައި އެ ދޯނިފަހަރު ބާޒާރަށް ނެރެ، ލުއި ލޯނުގެ ގޮތުގައި މަސްވެރި ރަށްރަށަށް ނުވަތަ މަސްވެރިކަން ކުރާ ފަރާތްތަކަށް އެ ދޯނިފަހަރު ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ލަފާ ދިނުމަށްވެސް ރިޕޯޓުގައި ހިމާނާފައިވެއެވެ.
މުހިތްމު ގިނަ ކަންތައްތަކެއް ހިމަނާފައިވާ ރިޕޯޓުގައި، މަސްފިނިކޮށް ބެލެހެއްޓުމަށް ސްޓޯރޭޖް ކެޕޭސިޓީ ރަށްތަކުގައި އިތުރުކުރުން އަދި މިކަމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މަސްވެރިން ބާނާ މަސް ގަންނަ މިންވަރު އިތުރުކުރުމަށްޓަކައި މަސް ކުންފުނިތަކަށް ދިމާވެފައިވާ މައްސަލަތައް ބެލުމާއި، އޮޑިދޯނިފަހަރު ބަނުމަށް ބޭނުންވާ ސާމާނުން ނަގާ ޑިއުޓީ ކުރިއަށް އޮތް 3 އަހަރަށް މާފުކުރުމުގެ އިތުރުން ދަނޑުވެރިކަމުގެ އުފެއްދުންތައް ސަރުކާރުން ގަތުމަށް ނިންމެވި ފަދައިން ރަށްރަށުގައި ބާނާ ފަރު މަސް ސަރުކާރަށް ގަނެވޭނެ ގޮތެއް ކަނޑައެޅުމަށް ލަދާދީފައިވެއެވެ.
ދުނިޔެ މިހާރު ދެކެމުން މިދާ ދަތި ދުވަސްތައް އަދި ދުނިޔެ ބަންދުވެފައި މިއޮތް އޮތުން ދިގުލައިގެންދާނީ ކިހާ ދުވަހަކަށްކަން އަންދާޒާ ކުރެވިފައި ނުވާއިރު، އަދި ކުރިއަށް އޮތްތަނުގައިވެސް ދުނިޔެއަށް އައިސްދާނެ މިފަދަ ޙާލަތަކަށް ދިވެހިރާއްޖެ ތައްޔާރުވުމުގެ ގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކުގެ މަތިން ދިވެހިރާއްޖޭގެ ކަންކަން ބައްޓަންކުރުން މުހިންމު ކަމުގައި ކޮމިޓީން ދެކޭ ކަމަށްވެސް ރިޕޯޓުގައިވެއެވެ.


One Response
ގަސް ނީދެވިގެން މިޅެނީ. މީހުން މަރުވަނީ