ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންސްޓްރަކްޝަން ސައިޓްތަކާއި، ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓޭގޮތަށް ތަކެތި ނުބެހެއްޓުމަށް އަންގައިފި

ހުކުރުދުވަހު ކުރި ވިއްސާރައިގައި ރަސްފަންނަަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވޭ. ފޮޓޯޯ: މާލޭ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންސްޓްރަކްޝަން ސައިޓްތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭފަދަގޮތަކަށް އެއްވެސް އެއްޗެއް ނުބެހެއްޓުމަށް މާލޭ ސިޓީ ީކައުންސިލުން މިއަދު އަންގައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން، މާލޭ ސިޓީ ހިމެނޭގޮތަށް، ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހުމާއެކު، ވައިގަދަވާނެކަމަށް ލަފާކޮށް، މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އަންގާފައިވާތީ ކަމަށްކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން، މި ފިޔަވަޅުއަޅަން ނިންމީ، މި ދުވަސްވަރު މާލޭ ސިޓީއަށް ވައިގަދަވެ އެކިވަރުވަރުގެ ގެއްލުންލިބެމުންދާތީ، ރައްޔިތުންނަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށްޓަކައި ކަމަށް ވެސް ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މި ގޮތުން، މާލެ ސަރަޙައްދުގެ ކޮންސްޓްރަކްޝަން ސައިޓްތަކާއި، ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭފަދަގޮތަކަށް، ގަސްމުށްޓާއި، އެ ނޫން ވެސް އެފަދަ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް ސިޓީ ކައުންސިލުން އަންގާފައިވެއެވެ. 

ސިޓީ ކައުންސިލުން ވަނީ، މާލޭ ސިޓީގެ ގޭބީސީތަކުގެ ވެރިންނަށާއި، މާލޭ ސިޓީގައި ޢިމާރާތްކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރަމުންދާ ކޮންސްޓްރަކްޝަން ކޮމްޕެނީތަކުގެ ވެރިންނަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ޖ) ދަށުން، ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލުން ވަނީ، މަތިން ވެއްޓޭފަދަގޮތަކަށް ބެލްކަނިތަކުގައާއި، ކޮންސްޓްރަކްޝަން ސައިޓްފަދަ ތަންތަނުގައި ބެހެއްޓިފައި ހުރި އެ ފަދަ ތަކެތި ކޮންސްޓްރަކްޝަން ސައިޓްފަދަ ތަންތަން ވީހާވެސް އަވަހަކަށް ރަނގަޅު ކުރުމަށް އަންގާފައެވެ.

ސިޓީ ކައުންސިލުން މި ގޮތަށް ނިންމާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭވެހި، ގަދަޔަށް ވައިޖެހޭނެކަމަށް، މެޓް އޮފީހުން ބުނެއެވެ. މި ގޮތުން ރާއްޖެއަށް ހުކުރު ދުވަހުކުރި ވިއްސާރައިގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްގަހާގެހީގެ ތެރެއިން ބައެއް ގަސްތައްވަނީ، ބިމާ ހަމަވެފައެވެ. މީގެ އިތުރުން، ރަސްފަންނަށާއި، ސުނާމީ ބިނާ މައިޒާނަަށް ވެސް، އެކި ވަަރުވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: