ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްފަށައިފި

މާފުށީ ޖަލުގެެ ޤައިދީންނާއި، އޮފިސަރުންގެ ރޭންޑަމް ސާމްޕަލްނެގުމުގެ ތެރެއިން. ފޮޓޯ: ކަރެކްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން،  ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްފަށައިފިއެވެ.

މި ހަރަކާތަކީ، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރާއި(އެންއޯސީ)، ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ކަން ހާމަކޮށް، މީގެ ކުޑައިރުކޮޅެއް ކުރިން ކަރެކްޝަނަލް ސަރވިސްއިން ބުނީ، ކޯވިޑް-19 އަށް ތަޙުލީލުކުރުމަށްޓަކައި، ހިންމަފުށީ ގައި ހުންނަ އައްސޭރިޖަލުގެ އޮފިސަރުންނާއި، ޤައިދީންގެ ރެންޑަމް ސާމްޕަލްނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ކަރެކްޝަނުން މީގެކުރިން ވެސް، މި ފަދަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. މި ގޮތުން، މާފުށީ ޖަލުގެ 15 ޤައިދީއަކާއި، 23 އޮފިސަރުންގެ ރެންޑަމް ސާމްޕަލް ނަގާފައިވެއެވެ.

ކޯވިޑް- 19 އިގެ ނުރައްކާތެރިކަން، މާލެ ފަހަނައަޅައި މިހާރު މިވަނީ، ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކުރަން ފަށާފައެވެ. މި ގޮތުން ބަލާއިރު، ކ.ހިންމަފުށީގައި ހުންނަ އައްސޭރިޖަލާއި އިންވެގެން ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން، 03 މީހަކު ހުކުރުދުވަހުވަނީ، މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: