ރާއްޖޭން ކޮވިޑު ބަލި ޖެހިފައިވާ އިތުރު 47 މީހަކު ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މިއަދު 18:00 އާއި ހަމައަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ މައުލޫމާތު ހާމަކޮށް އެޗްޕީއޭއިން ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވް ވި 47 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި، ބަންގްލަދޭޝް 22 މީހަކާއި، ނޭޕާލް ދެ މީހެއްގެ އިތުރުން، އިންޑިއާ ހަތަރު މީހެއް ކަމަށެވެ.

