ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު ހެއްދެވި ރަސްފަންނު ހަމަ ހަގީގަތުގައި ވެސް މުއިއްޒުވީތަ؟

ބޮޑު ހަރަދު ކުރި ރަސްފަންނު ވިއްސާރައިގައި ސުންނާފަތި ވެފައި - ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް އިއްޔެ ކުރީ އާދަޔާ ހިލާފު ވިއްސާރައެކެވެ. ފަހުގެ ތާރީހެއްގައި ވެސް ވައިބާރު ނުވާ މިންވަރަށް ވައިގަދަވެ ވިއްސާރަ ވެހުނެވެ. އަދި ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް އޮރެންޖު އެލާޓު ވެސް ނެރުނެވެ. މާލެއަށް މޫސުން ގޯސްވެ ކުރި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އޭގެ ތެރޭގައި ގަސްތައް ވެރުމާއި، ގެތަކުގެ ބެލްކަނިތަކާއި ޓެރެސްތަކުގައި ބަހައްޓާފައި ހުރި ތަކެތި ވެއްޓުން ހިމެނެއެވެ.

ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ތެރެއިން، އެންމެ ބޮޑަށް އަޅައިގަތީ ރަސްފަންނަށް ލިބުނު ގެއްލުންތަކަށެވެ. ހުކުރު ދުވަހު ކުރި ވިއްސާރައިގައި ރަސްފަންނަށް ވަރަށް ބޮޑަށް އުދައެރިއެވެ. ރާޅުތަކުގެ ބާރުގަދަކަމާއި، ވައިގަދަވުމުގެ ސަބަބުން މުޅިތަން އެކީ ސުންނާފަތިކޮށްލިއެވެ. ބިންގަނޑު ވަނީ ކަނޑައިގެން ގޮސްފައެވެ. ”ހިތް ފަސޭހަ“ ކުރުމަށް ޖަހާފައި ހުރި ހަޓުތަކާއި ކުޑަތައް އޮތީ ވެއްޓިފައެވެ. ޖޯލިފަތިތަކަށް ވެސް ހަމަ އެ ހާލެވެ.

ރަސްފަންނަކީ އާއްމުކޮށް އުދައަރާ ސަރަހައްދެކެވެ. ނަމެވެސް ވިއްސާރައިގެ ސަބަބުން މީގެ ކުރިން މިހާ ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވެއެވެ. ނަމަވެސް މަރާމާތުތަކަށް ބަންދު ކުރަންޖެހުމާއި، ވިއްސާރައިގެ ސަބަބުން ވެލިގަނޑު ގިރައިގެން ދިއުމުގެ ސަބަބުން ވެލިއަޅަން ޖެހިފައި ވެއެވެ. މޫދު ހިމެނޭ ސަރަހައްދުގެ ގޮނޑުދޮށަށް އަޅާފައި ހުންނަވެލި ގިރައިގެން ދިއުުމުގެ ސަބަބުން އެތަނަށް އެތައް ފަހަރެއްގެ މަތީން ވެލި އަޅަން ޖެހުނެވެ.

ވިއްސާރައިގެ ސަބަބުން ރަސްފަންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި – ފޮޓޯ: ސޯޝަލް މީޑިއާ

ރަސްފަންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ތެރޭޭގައި ތަރައްގީ ކުރިތަނެކެވެ. 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި އެތަނަށް މީގެ ކުރިންވެސް އެތައް ފާޑުކިޔުންތަކެއް އަމާޒުވެފައި ވެއެވެ.

ހިތް ފަސޭހަ މައިޒާންތަކެއް ބިނާ ކުރުމުގެ އަމާޒުގެ ދަށުން ކުރިޔަށް ގެންދިޔަ އެ މަޝްރޫއަކީ ތިިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ (އީއައިއޭ) އަށް ރިޔާއަތް ކުރުމެއް ނެތި ތަރައްގީ ކުރި ތަނެކެވެ. އަދި އެ މަޝްރޫގެ ތެރޭގައި ހިމެނުނު ބައެއް މަސައްކަތްތަކުގެ ތެރޭގައި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއް އެކުލެވޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީީ) އިން ވެސް ތަހުގީގު ކުރިއެވެ.

އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މާލޭ ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ކެނޑިޑޭޓު ވެސް މެއެވެ. ރައްޖޭގެ ވެރިކަން ކުރެވެނީ ވެސް ފަސް އަހަރަށެވެ.

މިނިސްޓަރެއްގެ ދައުރަކީ ވެސް ފަސް އަހަރެވެ. ނަމަވެސް މުއިއްޒުއަކީ 7 އަހަރު ވަންދެން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އެއީ މުހައްމަދު ވަހީދުގެ ސަރުކާރުން ފެށިގެން އައިސް ރައީސް ޔާމީންގެ ސަރުކާރު ނިމެން ދެންނެވެ. ރަސްފަންނު މައްސަލައިގައި ވެސް މުއިއްޒުއަށް ފާޑުކިޔުން އަމާޒުވީއިރު އޭރު މުއިއްޒު ވިދާޅުވީ ހަގީގަީ ތަރައްގީ އަކީ އެއީ ކަމަށެވެ.

ހުޅަނގު މޫސުމުގައި ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށް ފާހަގަކުރެވިފައިވާ މާލޭގެ ހުޅަނގުފަރާތް ބީޗެއްގެ ގޮތުގައި ތަރައްގީ ކުރަން ފެށުމުން އެކަމަށް ތިމާވެށީގެ ދާއިރާގެ މީހުން ދެކޮޅު ހެދިއެވެ. ނަމަވެސް ރަސްފަންނު ތަރައްގީ ކުރިފަހުން ވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެތަނަށް ބޮޑެތި ހަރަދުތަކެއްކޮށްފައެވެ. ނަމަވެސް އެ ސަރަހައްދު ތަރައްގީ ކުރުމުގައި ބަލަންޖެހޭ ކަންކަމަށް ބެލުމެއްނެތި މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ.

ވިއްސާރައިގެ ސަބަބުން ރަސްފަންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި: ފޮޓޯ: ސޯޝަލް މީޑިއާ

ގިނަ ބަޔަކު މޫދަށް އެރިއުޅޭ ރަސްފަންނު ސަރަހައްދުން ނަޖިސް ފެނުމަކީ ވެސް އާއްމުކަމެކެވެ. ނަޖިސް ފެނުމުގެ ސަބަބުން، ރަސްފަންނު ބަންދުކުރުމަށްފަހު މި އަހަރުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލްއިން ވަނީ މާލޭގައި މޫދަށް އެރި އުޅޭ ތިން ސަރަހައްދުގެ ވެސް ލޮނުގަނޑު ޓެސްޓުކުރުމަށް ނިންމާފައެވެ. އެއީ ރަސްފަންނު ހިމެނޭގޮތަށް މާލޭގައި ފެތުމަށް ބޭނުންކުރާ ޓްރެކާއި، އާޓިފިޝަލް ބީޗު ސަރަހައްަދެވެ.

ރަސްފަންނު 2016 ވަނަ އަހަރު ހުޅުވިތަނާ ވެސް ނަޖިހުގެ މައްސަލަ ތަކެއް ތަޖުރާރުކޮށް ކުރިމަތިވި އެވެ. ކުރިން ވެސްޓް ޕާކް ހިންގި ދިމާލުން މޫދަށް ގުޅާފައި އޮންނަ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދުގެ މޫދުން ވެސް ގިނަ އަދަދަކަށް ނަޖިސް ފެނުނެވެ. ނަމަވެސް އެފަހަރު އަލުން އެ ސަރަހައްދު ހުޅުވާލީ ޓެސްޓްތައް ހެދުމަށް ފަހު މައްސަލައެއް ނެތް ކަމަށް ހެލްތު މިނިސްޓްރީން ނިންމުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: