ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޝަން ފަންޑުގައި އަތެއް ނުލެވޭނެ، އެއަށްވުރެ ރިލީފް ޕެކޭޖް މާ ރަނގަޅު: އަމީރު

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ޕްރެސް ބްރީފިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންޝަން ފަންޑުގެ ފައިސާގެ ދައްކާ ގިނަ މީހުންނަށް، އެ ފަންޑު ހިނގާ އުސޫލު އެނގޭނެ ކަމަށާއި އެއީ އިންވެސްޓުކޮށްފައިވާ ފައިސާތަކެއްކަން ވެސް އޮޅިފައި ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް ބައްޔާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އެކި ގޮތްގޮތުން ލިބެމުންދިޔަ އާމްދަނީ ދަށްވުމުގެ ސަބަބުން، ޕެންޝަން ފަންޑަށް އެ ފަރާތްތަކުގެ އަތުން ކެނޑި ފައިސާ ލިބޭނެ ގޮތެއް ހެދުމުގެ އަޑު ވަނީ ގަދަވެފައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޮނިހިރު ދުވަހު  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ޕެންޝަން ފަނޑު ހިނގާގޮތް އެންމެނަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެއީ ނަގުދު ފައިސާގެ ގޮތުގައި ނެގޭނެ ފައިސާއެއް ނޫންކަމުގައި އަމީރު ވިދާޅުވިއެވެ. ފައިސާ ހުންނަނީ އެކި ކަންކަމަށް އިންވެސްޓުކޮށްފައިކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ މިއީ ދުރާލާ ރޭވިފައި ހުންނަ ފަންޑެއް ކަމަށެވެ. އަދި އެ މީހަކަށް ފައިސާ ދެވޭނެ ވަކި ވަކި އުސޫލުތަކެއް ވެސް ކަނޑައެޅިފައި ހުންނަ ކަމުގައި ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ޕްލޭން ކުރެފައި އޮންނަ ގޮތަށް އެންމެނަށް ވެސް ފައިސާ ލިބޭކަމަށެވެ. ޕެންޝަނަށް މުސާރައިން ކަނޑާލެވޭ ފައިސާ އިންވެސްޓު ކުރަމުންދަނީ ގަވަމަންޓް ސެކިއުރިޓީޒް އާއި އަދި އެހެނިހެން ސެކިއުރިޓީޒް ތަކުގައި ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ޕެންޝަން ފަންޑުގައި ލިކުއިޑް ކޭޝްއެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ޕެންޝަން ފައިސާއަށް ވުރެ ސަރުކާރުން ހަމަޖައްސާފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖް މާ ރަނގަޅު ކަމަށެވެ. ޕެންޝަން ފައިސާ ދޫކުރުމަށް ގޮވާލާ ފަރާތްތަކަށް ވެސް ހަގީގަތުގައި އެއީ ކުރިން ނެގޭނެ އަދި ބޭނުން ކުރެވޭނެ ފައިސާއެއް ނޫންކަން އިނގޭނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އެހެން ކަމުން ޕެންޝަން ފަންޑުން ފައިސާ ދޫކޮށްލުމުގެ ވިސްނުމެއް ނެތްކަމަށް މިއަދުވެސް އަމީރު ތަކުރާރު ކުރިއެވެ. އަމީރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މިހާރު ދިމާވެފައިވާ ހާލަތުގައި ޕެންޝަން ފަންޑުގައި ނުޖެހި، އެހެން ގޮތް ގޮތުން ރައްޔިތުންނަށް ލުއިތައް ހޯދައިދިނުން ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި ޕެންޝަން ފަންޑާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތީ ކުރިން އޮތް ފަދަ ޕްރޮވިޑެންޓް ފަންޑެއް ނޫން ކަމަށެވެ. އަދި ބޮޑެތި ބޭނުންތަކަށް އެ ގޮތަށް ފައިސާ ނެގޭނީ ޕްރޮވިޑެންޓް ފަންޑުން ކަމަށް އޭނާ ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ ޕެންޝަން ފަންޑެއްގައި ހުންނަ ފައިސާ އަކީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންވެސްޓްކޮށްފައިވާ ފައިސާ ކަމަށާއި އެ ފަންޑުން ފައިސާ ނެގުމަކީ ކޮށްގެންވާނެ އަދި ކުރެވޭނެ ވެސް ކަމެއް ނޫން ކަމަށެވެ. އަދި ޕެންޝަން ފަންޑުން ކުރިއަށް ފައިސާ ނެގުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އާންމު އުސޫލުން ކުރާ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: