ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ވިހެއިތާ ދެ ހަފްތާ ވީ ތުއްތު ކުއްޖެއް ކޮވިޑަށް ޕޮޒިޓިވް!

ބައްޔަށް ޓެސްޓުކުރި އެއް މަސް ނުފުރޭ ތުއްތު ކުއްޖަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް އެންއީއޯސީން ހާމަކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި އެއް މަސް ނުފުރޭ 17 ދުވަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

މިރޭ އެންއީއޯސީގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި ތުއްތު ކުއްޖާއަކީ ކޮވިޑަށް ޕޮޒިޓިވް ވި މީހެއްގެ ކްލޯސް ކޮންޓެކްޓެއް ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވް ވި މީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އެ ކުއްޖާ ބައްޔަށް ޓެސްޓު ކުރީ އަލާމާތްތަކެއް ފެންނަން ފެށުމުން ކަމަށް ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ ކުއްޖާ ޕޮޒިޓިވްވުމާއި ގުޅިގެން އެ ކުއްޖާގެ މަންމަ ވެސް ބައްޔަށް ޓެސްޓު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޓްރީޓޮޕްގައި ކޮވިޑަށް ޕޮޒިޓިވް ވި މީހެއްގެ ސިޒޭރިއަން ހަދާފަައިވާއިރު ދަރިފުޅު ބައްޔަށް ނެގެޓިވްކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި 7 މަހުގެ ތުއްތު ކުއްޖެއް ވެސް ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ. އެ ކުއްޖާގެ އާއިލާގެ ހުރިހާ މެމްބަރުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: