ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ޖަލުން ވެސް ސާމްޕަލް ނަގައިފި

މާލޭ ޖަލުގައި ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްދަނީ- ފޮޓޯ: ކަރެކްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި، ޖަލުތަކަށް ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމަށްޓަކައި، މާލޭ ޖަލުގައި ރެންޑަމް ސާމްޕަލްތަކެއް ނަގައިފިއެވެ.

ކަރެކްޝަން ސަރވިސްގެ މި ހަރަކާތްތައް ކުރިއަށް ގެންދަނީ، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރާއި ގުޅިގެންނެވެ. ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމަށްޓަކައި، މާލޭ ޖަލުގައި ރެންޑަމް ސާމްޕަލްތަކެއް ނަގަން ފަށާފައިވަނީ، އާދިއްތަ ދުވަހުގެރޭގައެވެ.

މި ގޮތުން މި ހަރަކާތުގައި، މާލޭ ޖަލުގައި ތިބި ޤައިދީންގެތެރެއިން 15 މީހެއްގެ ސާމްޕަލްނަގާފައިވާކަމަށް ކަރެކްޝަނުން މިއަދު (17.05.2020) ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، އޮފިސަރުންގެތެރެއިން 20 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

މި ސާމްޕަލްތައް ނެގުމުގައި ބަލައިފައިވާނީ، ވަކި ޔުނިޓުތަކެއްގެތެރެއިން ހޮވައިލެވޭ ޤައިދީންނާއި، ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންކަމަށް ކަރެކްޝަނުން ބުނެއެވެ.

މާލޭ ޖަލުގައި ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު، ހޮނިހިރު ދުވަހު ހަވީރުގައި، އައްސޭރި ޖަލުގެ އޮފިސަރުންނާއި، ޤައިދީންގެ ސާމްޕަލްތައް ވެސް ނަގާފައިވެއެވެ.

މި ގޮތުން ޤައިދީންގެތެރެއިން 25 މީހެއްގެ ސާމްޕަލާއި، އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން، 12 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ކަރެކްޝަނުން ހާމަކޮށްފައިވެއެވެ.

”‏މިއަދުގެ ރެންޑަމް ސާންޕަލިންގައި ޤައިދީންނާއި އޮފިސަރުން އަދި މުވައްޒަފުންގެ ތެރެއިން 37 މީހެއްގެ ސާންޕަލް ވަނީ ނެގިފައި“ ކަރެކްޝަން

މީގެ އިތުރުން މި މަހުގެ 08 ވަނަ ދުވަހުގައި، މާފުށީ ޖަލުގެ އޮފިސަރުންނާއި، ޤައިދީންގެ ސާމްޕަލް ވެސް ނަގާފައިވެއެވެ.

މި ގޮތުން މާފުށީ ޖަލުންނެގީ، ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާމްޕަލާއި، 23 އޮފިސަރެއްގެ ސާމްޕަލްކަމަށް ކަރެކްޝަނުން ހާމަކޮށްފައިވެއެވެ. އަދި މާފުށީ ޖަލުންނެގި އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައިނުވާކަމަށް ވެސް ކަރެކްޝަނުން ހާމަކޮށްފައިވެއެވެ.

”‏މާފުށީ ޖަލުން ކޮވިޑް 19 އަށް ތަޙުލީލު ކުރުމަށްޓަކައި ނެގުނު 38 ރެންޑަމް ސާމްޕަލް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ކަށަވަރު ކޮށްދެއްވައިފި“ ކަރެކްޝަން

އެހެނަސް، އައްސޭރި ޖަލުންނަގާފައިވާ 37 ސާމްޕަލާއި، މާލޭ ޖަލުން ނަގާފައިވާ 35 ސާމްޕަލުގެ ނަތީޖާ އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން ކޮވިޑަށް ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި ރެންޑަމް ސާމްޕަލްތައް ވެސް ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ގޮތުން ބަލާއިރު އިބްރާހީމީ މިސްކިތުގެ އިމާމުގެ ރެންޑަމް ސާމްޕަލްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން، އުމުރުން ދުވަސް މީހެއްގެ ރެންޑަމް ސާމްޕަލްނަގައި ހެދި ތަޙުލީލުތަކުން، އެ މީހާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް، ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 14،617 ސާމްޕަލް މިހާތަނަށް ނެގިފައިވާއިރު، ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ، 1078 އަށް އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: