ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތައް ސަތޭކައެއްގައި ހުރި ކޮންޓެކްޓުތައް ދަށް ކުރެވުނީ ލޮކްޑައުންއާއި އެކު!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަނަސް ސެންޓަރުގައި އޮންލައިންކޮށް ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންއާއި ގުޅިގެން ބައްޔަށް ޕޮޒިޓިވާ މީހުންގެ ކޮންޓެކްޓުތައް ވަރަށް ބޮޑުތަނުން ދަށް ކުރެވިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަނަސް ސެންޓަރ (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ލޮކްޑައުންއާއި ގުޅިގެން ކޮންޓެކްޓުތައް ވަރަށް ބޮޑަށް ދަށް ކުރެވިފައިވާ ކަމަށެވެ. މާލޭން އެންމެ ފުރަތަމަ ބަލި ފެނުނު ދުވަސްވަރު ގިނަ ކޮންޓެކްޓުތަކެއް ޓްރޭސް ކުރެވުނުކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ އޭރު ކޮންޓެކްޓުތައް އެތައް ސަތޭކައެއްގައި ވެސް ހުންނަ ކަމަށެވެ.

ރާއްޖޭގައި ދުވަހުން ދުވަހަށް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އަންނައިރު ޑރ. ނަޒްލާ ވިދާޅުވީ އެ ކޭސްތައް ފެންނަމުން ދަނީ ކެޕޭސިޓީ އިތުރުކުރަމުން ދާ ވަރަކަށް ކަމަށެވެ. މިހާރު ފެންނަ ކޭސްތަކުގެ ކޮންޓެކްޓުތައް މަދުވުން އެއީ ލޮކްޑައުންއިން ލިބުނު ކުރިއެރުމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ. އަދި ޖުމްލަ ކޭސްތަކަށް ބެލި ނަމަވެސް ކޮންޓެކްޓުތައް މިނިމައިޒް ކުރެވިފައިވާކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތުތައް ހިއްސާ ކުރައްމުން ޑރ. ނަޒްލާ ވިދާޅުވީ މާލޭން އެންމެ ފުރަތަމަ ބަލި ފެނުނު ދުވަހުން ފެށިގެން ހަފްތާއެއް ވީއިރު 66 މީހަކު ބައްޔަށް ޕޮޒިޓިވްވި ކަމަށެވެ. އޭޕްރިލް މަހުގެ 22-15 ދެމެދު ބައްޔަށް ޕޮޒިޓިވް ވީ މަހުން ވަނީ އެކި ގޮތްގޮތުން 1،868 މީހަކާއި ކޮންޓެކްޓު ވެފައެވެ. އަދި އެ މަހުގެ 23 އިން ފެށިގެން 29 ވަނަ ދުވަހާއި ހަމައަށް 191 މީހުން ޕޮޒިޓިވްވީއިރު އެ މީހުންގެ ކޮންޓެކްޓުގެ އަދަދަކީ 1،972 ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭގެ އިތުރުން އޭޕްރިލް 30 ވަނަ ދުވަހުން ފެށިގެން މޭއި މަހުގެ 6 ވަނަ ދުވަހާއި ދެމެދު 341 މީހަކު ބައްޔަށް ޕޮޒިޓިވްވީއިރު އެ މީހުން ކޮންޓެކްޓުވެފައިވަނީ 1،267 މީހަކާއި އެވެ. އަދި މޭއި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަކަށް 337 މީހަކު ބައްޔަށް ޕޮޒިޓިވްވީއިރު ޖުމްލަ ކޮންޓެކްޓުތައް ހުރީ 914 ގައެވެ.

އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ފެނުނު ފުރަތަމަ ކޭސްއަށް ފަހު ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،078 އަށް އަރާފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 59 އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: