ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައިދީންނަށް ”ފުޅައަޅާފައިވާ“ ތަކެތި ދޭ ކަމަށް ބުނެ ފަތުރާ ވީޑިއޯއަކީ ކާ އެއްޗިހި ފޮރުވައިގެން ނަގާފައިވާ ވީޑިއޯއެއް!

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ޖަލަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައިދީންނަށް ”ފުޅައަޅާފައިވާ“ ތަކެތި ދޭ ކަމަށް ބުނެ ފަތުރާ ވީޑިއޯއަކީ ގޮޅީގައި ކާ އެއްޗިހި ގިނަ ދުވަހު ފޮރުވައިގެން ނަގާފައިވާ ވީޑިއޯއެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ. 

ގައިދީންނަށް ފުޅައަޅާފައިވާ ކާތަކެތި ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯއާއި ގުޅިގެން ހޯމް މިނިސްޓްރީން ކުރި ޓުވިޓްތަކެއްގައި ބުނެފައި ވަނީ  ޖަލުގައި ގައިދީންނަށް ’ފުޅައަޅާފައިވާ‘ ކާނާ ދޭކަމަށް ބުނެ މީޑިއާގައި ފަތުރާ ވީޑިއޯ އަކީ މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ގިނަދުވަހު ފޮރުވާގެން ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ. އަދި ގައިދީންގެ ފަރާތުން މިފަދަ ޝަކުވާއެއް ލިބިފައި ނުވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. 

https://twitter.com/HomeMinistrymv/status/1261710399289753600

މީގެއިތުރުން ހޯމް މިނިސްޓްރީން ކުރި ޓުވިޓްގައި ބުނެފައި ވަނީ  ފުޅައަޅާފައިވާ ކާތެކެތި ދިން ކަމަށް ބުނެ ފަތުރާ ވީޑިއޯއާއި ގުޅޭ ގޮތުން ގައިދީންނާ ސުވާލުކުރުމުންވެސް އެފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބިފައެއް ނުވާ ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގިތޯ އިތުރަށް ކަށަވަރުކުރުމަށްޓަކައި ބަލަންވާ އެންމެހާ ބެލުންތައް ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަނުގައި ހޯމް މިނިސްޓްރީގެ ފަރާރުން އެދިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. 

https://twitter.com/HomeMinistrymv/status/1261710401047150592

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: