ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސް ޑެލިވަރީ ކޮށްދޭ ބޭސްފިހާރަތަކާއި، އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތްދޭ މަރުކަޒުތަކުގެ މަޢުލޫމާތު ޢާންމުކޮށްފި

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ މި ހާލަތުގައި، އާސަންދަ ސްކީމްގެ ދަށުން، ޑެލިވަރީ ކޮށްދޭ ބޭސްފިހާރަތަކާއި، އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތްދޭ މަރުކަޒުތަކުގެ މަޢުލޫމާތު ޢާންމުކޮށްފިއެވެ.

މި ކަން ހާމަކޮށް އާސަންދަ ކޮމްޕެނީން މިއަދު ބުނީ، 19 ބޭސްފިހާރައަކާއި، ހޮސްޕިޓަލާއި ކްލިނިކް ހިމެނޭހެން 36 ތަނަކުން އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ފޯރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށެވެ.

އޭގެތެރޭގައި، މާލޭ ސިޓީގެ 27  ތަނަކާއި، އަތޮޅުތެރެއިން 09 ތަނެއް ހިމެނެއެވެ.

 

https://twitter.com/AasandhaLtd/status/1261931031969452032?s=19

އާސަންދަ ކޮމްޕެނީން ބުނި ގޮތުގައި، އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލުން އަލަށްދޫކުރާ ބޭސްސިޓީތަކުގެތެރެއިން، އިލެކްޓްރޯނިކް ބޭސްސިޓީ( އާސަންދަ ލޯގޯ ޖަހާފައިވާ ބޭސްސިޓީ) ފިޔަވައި އެހެނިހެން ބޭސްސިޓީތަކަށް، ބޭސް ލިބޭނީ ހަމައެކަނި އެސްޓީއޯގެ ބޭސްފިހާރަތަކުންނެވެ.

މީގެ އިތުރުން އާސަންދަ ކޮމްޕެނީން ބުނީ، އާސަންދަ ޕޯޓަލް މެދުވެރިކޮށްދޫކުރާ އިލެކްޓްރޯނިކް ބޭސްސިޓީތަކަށް، އާސަންދަ އެންޕެނަލް ކުރެވިފައިވާ އެހެން ބޭސްފިހާރަތަކުން ބޭސް ދޫކުރާނެކަމަށެވެ. 

އާސަންދަ ކޮމްޕެނީންވަނީ، ބޭސްސިޓީތަކަށް ބޭސް ހޯދަން ބޭނުންވާ މީހުންނަށް، ކޮންމެވެސް އެއް ބޭސްފިހާރައަކަށް ބޭސްސިޓީ ފޮނުވުމަށް އެދިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: