ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހެއް ނާޒިމު ހުށަހަޅުއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ޝަރުތުކުރާ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ކުރިން ބާކައުންސިލްގެ ބެލުމުގެ ދަށުން ހަދަންޖެހޭ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވައިފި އެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ ކޮވިޑް-19 އާ ގުޅިގެން، ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ދަތިވެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމަށް ކަމަށެވެ.

އިސްލާހު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަރުދުންނާއި މުއައްސަސާތަކުގެ މަސައްކަތް ލަސްވެ، އަމިއްލަ ގިނަ މަސައްކަތްތައް މުޅިން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން ގާނޫނީ ވަކީލުކަން ކިޔަވާ ނިންމާ ދަރިވަރުން ހަދަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީނަށް މިހާލަތުގައި ހުރަސްއެޅިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ތަމްރީނު ނިންމުމަށް ފަހު ހަދަން ޖެހޭ އިމްތިހާނަކީ އެމެރިކާގެ ނެޝަނަލް ސެންޓާ ފޯ ބާ އެގްޒެމިނާސް (އެންސީބީއީ)އާ ގުޅިގެން ބާއްވާ އިމްތިހާނަކަށްވެފައި މިހާލަތުގައި އެ އިމްތިހާނު ބާއްވަން ބޮޑެތި ދަތިތަކެއް ހުރި ކަމަށް ބާ ކައުންސިލުން ބުނެފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ޑިގްރީ ނަގައިގެން ބާ އިމްތިހާނުގެ ސަބަބުން ވަކީލުކަން ކުރުމުގެ ހުއްދަ ނުލިބި 300 ދަރިވަރުން އެބަ ތިބި ކަމަށެވެ.

ޤާނޫނީ ފަންނުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން މި ހާލަތުގައި މާލީ ގޮތުން ލިބޭނެ އެއް ލުޔަކީ އެ ފަރާތްތަކަށް ވަކީލުކަމުގެ ހުއްދަ ލިބި، އާމްދަނީ ލިބޭ މަސައްކަތެއް ކުރެވޭ ގޮތް ވުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ހުށަހަޅުއްވާ ބިލުގެ ކޯ ސްޕޮންސަރަކީ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމެވެ. އުޝާމަކީ ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި ބޭފުޅެކެވެ. ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޤާނޫނީ މަސައްކަތްތައްވެސް ކުރައްވަމުންދާ އުޝާމަކީ ނާޒިމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

ވަކީލުންނަށް ހުއްދަ ދިނުމަށް ޓަކައި ބާކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެއް އަހަރު ދުވަހުގެ ތަމްރީނާއި އޭގެ ފަހުން ހަދަން ޖެހޭ އިމްތިހާނު ލަސްވުމުގެ ޝަކުވާ ކޮވިޑް-19 ފެތުރެން ފެށުމުގެ ބޮޑެތި ފިޔަވަޅުތައް އެޅުމުގެ ކުރިން ވެސް އޮތެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: