ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އޮޅުހިޔާ“ މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން އަންގަނީ

މާލެ ސިޓީ ކައުންސިލުން އޮޅުހިޔާ ސަރަހައްދަށް ކުރި ޒިޔާރަތެއްގެ ތެރެއިން: ފޮޓޯ/ ކައުންސިލު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭ ހައްލުނުކުރެވިއްޖެނަމަ، ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ’އޮޅުހިޔާ‘ ފެސިލިޓީ, މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން ފިޝަރީޒް މިނިސްޓްރީގައި އެދެން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ 5 ވަނަ ދައުރުގެ 20 ވަނަ ރަސްމީ އާންމު ޖަލްސާގައި އެކަމާމެދު މަޝްވަރާކޮށް ފާސްކޮށްފައިވަނީ، އޮޅުހިޔާ ފެސިލިޓީ މިހާރު ބަލަހައްޓަމުންދާ ފިޝަރީޒް މިނިސްޓްރީއަށް ސިޓީއަކުން އެކަން އެންގުމަށެވެ.

ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާޒިމް ވިދާޅުވީ މާލެގައި ބުޅާ އިތުރުވަމުންދާ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން ހުޅުމާލެ ފޭސް 2 ގައި އެޅި ”އޮޅުހިޔާ“، މި ސަރުކާރުން ގަދަ ބާރުން ކައުންސިލު އަތުން އަތުލައިގެންވެސް އެތަނުގައި ބުޅާތައް ނުބެލެހެއްޓުނު ކަމަށެވެ.

”އޮޅުހިޔާ“ ހުރި ގޮތަށް ބެހެއްޓުމަށް ފަހު، މިނިސްޓްރީގެ ފަރާތުން ”ބައުކަލޯ“ ނަމުގައި އިތުރު މަޝްރޫއެއް ފަށައިގެން އުޅޭތީ ކައުންސިލަރުންވެސް ވަނީ ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން މާލޭގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށާއި އެގޮތުން މާލެ ސިޓީގައި ބުޅާ އިތުރުވަމުންދާ މައްސަލަ ހައްލުކޮށް އަދި މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން ތަނެއް ގާއިމުކޮށް އަދި ބުޅާތައް އެތަނަށް ގެންދަން ނިންމި ފަހުން މި ސަރުކާރުން ވަނީ ގަދަބާރުން ސިޓީ ކައުންސިލު އަތުން އެތަން އަތުލާފައިކަން މޭޔަރ އާޒިމް ފާހަގަކުރެއްވިއެވެ.

”ސަރުކާރަކަށް މިކަމެއް ނުވޭ. އެހެން ވީމަތާ އެއް އަހަރު ވެގެން ދިޔަ އިރުވެސް މާލޭގައި ބުޅަލުގެ މައްސަލަ ހައްލު ނުވެގެން މިއުޅެނީ. ސަރުކާރަށް 3 އަހަރު ވީއިރު ސަރުކާރަށް މި ލިބުނީ އަޅުގަނޑުމެން އަޅާފައިވާ އޮޅު ހިޔާ. އެ މީހުނަށް އެތަނުގައި އެއް ކަމެއްވެސް ކުރެވުނީއެއް ނޫން. ގާބުރިއެއްވެސް ނުބޭއްވުނު. ހުރިހާ ކަމެއް އެކޮޅު ކޮޅުން ކުރާ ބައެއް މި ސަރުކާރަކީ. ކައުންސިލުން ތަނެއް އަޅާފައި ދިނީމަވެސް ބުޅާތައް ގެންގުޅެވުނީއެއް ނޫން. އެވަރުކަމެއްވެސް ނުވި އެމީހުނަށް،“ އާޒިމް

މީގެ އިތުރުން، އާޒިމް ވަނީ ”އޮޅު ހިޔާ“ އަޅަން ކައުންސިލުން ހޭދަކުރި ފައިސާ އަދިވެސް ސަރުކާރުން ދީފައި ނުވާކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.

”އެތަން އަޅަން ދިޔަ ފައިސާވެސް އަދިވެސް އެބޭފުޅުން އަޅުގަނޑުމެނަކަށް ނުދޭ. ލާރި ނުދީ ތަންވެސް އަތުލާފައި ރައްޔިތުންނަށް ފަސޭހަކުރަން ހަދާފައިވާ އިމާރާތްވެސް ނަގާ ފައިސާ ނުދިން. އެއްވެސް ކަމެއް ނުވި އެމީހުންގެ އުނދަގުލާ ހުރެ،“ މޭޔަރ އާޒިމް

”އޮޅު ހިޔާ“ އަކީ ސިޓީ ކައުންސިލުން ވަރަށް ފުރިހަމައަށް ގާއިމުކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެތަނުގައި ބުޅާ ނިއުޓާކޮށް ފަރުވާދީ އަދި ނިއުޓާކުރުމާއި އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓްކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށާއި މަގުމަތީ އުޅޭ ބުޅަލުގެ އިތުރުން ޕެޓްގެ ގޮތުން އާންމުން ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.

މާލެ މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންދަން ނިންމާފައި ވަނިކޮށް ސަރުކާރުން އެތަން އަތުލިކަން ތަކުރާރުކުރައްވާ އޭނާ ވަނީ މާލޭގައި ބުޅާ އިތުރުވަމުންދާ މައްސަލަ ސަރުކާރަށް ހައްލު ނުކުރެވެންޏާ މާލެ ސިޓީ ކައުންސިލާއި އެ މަސައްކަތް ހަވާލުކުރުމަށް ގޮވާލާފައެވެ. އެގޮތުން، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ބުޅަލުގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ’އޮޅުހިޔާ‘ ފެސިލިޓީ, މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން ފިޝަރީޒް މިނިސްޓްރީގައި އެދޭނެކަމަށް ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ތަރައްގީކުރި ”އޮޅު ހިޔާ“ މާލެ ސިޓީ ކައުންސިލުން ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: