ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރަން ކޮމިޓީއަށް ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރީ އެޗްއާރުސީއެމް ގެ މެމްބަރުން މަގާމުން ވަކިކުރުމާ މެދު މަޖިލީހުގެ ރިޔާސަތުން ގޮތެއް ނިންމުމަށެވެ.

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމާއި ގުޅޭގޮތުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން ވަކިކުރުމާއި ގުޅޭ މައްސަލައަކީ، އެމަނިކުފާނާއި ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ، މަޖިލީހުގެ ގަވައިދުގެ 210 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން މަޖިލީހުގައި އިއުލާން ކުރުމަށް، ކޮމިޓީގެ މުޤައްރިރުގެ ސިޓީ ފުޅެއް ލިބިފައިވާ ކަމަށެވެ. އަދި އެދިވަޑައިގެންފައިވާ ގޮތަށް އެމައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވަން ނިންމަވާ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދުގެ 210 (ށ) ގައި ބުނެފައި ވަނީ މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުގައި ތިއްބަވާ ބޭފުޅުން، އެ މަގާމުތަކުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، އެ ކަން މަޖިލީހުގެ ރައީސް މަޖިލީހުގައި އިއުލާން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އެ ކަން މަޖިލީހުގެ ރައީސް މަޖިލީހުގައި އިއުލާން ކުރެއްވުމުން އެކަމާ މެދު ބަހުސް ކުރުމަކާ ނުލައި، އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުއްވަންޖެހެއެވެ. އަދި މަގާމުން ވަކިކުރުމަށް ކޮމިޓިން ނިންމައިފި ނަމަ، މަޖިލީހުގައި ގަވައިދުގައިވާ ގޮތުން މަގާމުން ވަކިކުރަން ބޭނުންވާނީ އެ ޖަލްސާއަކަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތެވެ.

އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އައިމިނަތު އީނާސް (ކޮމިޝަންގެ ރައީސް) އާއި މުހައްމަދު ޒާހިދު (ކޮމިޝަންގެ ނައިބު ރައީސް) އާއި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އާއިޝަތު އަފްރީން މުހައްމަދެވެ.

މި ފަސް ބޭފުޅުން ވެސް އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އަދިވެރިކަން ފެށުނުފަހުން އެޗްއާރުސީއެމްގެ މެންބަރުން ވަކިނުކުރުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: