ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯސަން މަގު އެކްސިޑެންޓުގައި މީހަކު ނިޔާވުން: ބާރު ސްޕީޑުގައި ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި!

ސޯސަން މަގު އެކްސިޑެންޓު ހިނގި ސަރަހައްދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގައި ހައްޔަރުކުރި މީހާ އެ ވަގުތު ހުރީ މަސްތުގެ ހާލަތުގައިކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި އެކްސިޑެންޓުގެ މައްސަލައިގައި ހައްޔަރު ކުރީ ތ. ދިޔަމިގިލި، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަން އެވެ. އޭނާ އެންމެ ފުރަތަމަ ބަންދުކުރި 15 ދުވަހުގެ މުއްދަތު ހަމަވުމުން، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައެވެ.

ކޯޓު އަމުރުގައި ވަނީ، މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މި އެކްސިޑެންޓް ހިނގާފައިވަނީ މާހު ބާރު ސްޕީޑުގައި، ޒިގްޒެގްކޮށް ސައިކަލު ދުއްވަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

މައްސަލައިގައި ފުލުހުން ކޯޓުގައި ބުނީ، އޭނާ ސައިކަލް ދުއްވާފައި ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތި، މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ.

މި އެކްސިޑެންޓުގައި އަނެއް ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާގެ ސިކުނޑިއަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

ފުލުހުން މިހާރު މާހުގެ މައްޗަށް ތުހުމަތު ކުރަނީ ފަރުވާކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: