ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަބްރޫކު ކިޔާ ޅަ ކުއްޖަކު އަރުވައިގެން ގެއްލެނީ ރައްޔިތުންގެ އިތުބާރު: ދޮންބިލެތް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތުގައި ކޮންމެ ދުވަހަކު “ދެ ޑޮކްޓަރަކާއި މަބްރޫކު ކިޔާ ޅަ ކުއްޖަކު” އަރުވައިގެން، މައުލޫމާތު ފޯރުކޮށްދޭނަމަ، ސަރުކާރަށް އޮތް އިތުބާރު ގެއްލިދާނެ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަނީ އެ ގައުމުތަކުގެ ވެރިންގެ ފެންވަރުގައި ކޮވިޑް-19 އާ ގުޅޭ މައުލޫމާތުތައް ދެމުންދާތަން ކަމަށެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކާއި ޚިލާފަށް ރާއްޖޭގައި ފެންނަނީ “ދެ ޑޮކްޓަރަކާއި އެކު މަބްރޫކު ކިޔާ ޅަ ކުއްޖަކު” އަރުވައިގެން މައުލޫމާތު ދޭތަން ކަމަށާއި އޭގެ ސަބަބުން ގެއްލިގެންދާނީ ސަރުކާރަށް ރައްޔިތުންކުރާ އިތުބާރު ކަމަށް ހަލީމް ވިދާޅުވިއެވެ.

ކޮވިޑް-19 ހާލަތާއި ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ގޮތަށް ފާޑު ވިދާޅުވެ، ސަރުކާރުގެ ގިނަ ވަޒީރުންނަކީ ގާބިލު ނޫން ބައެއް ކަމަށް ހަލީމް ފާހަގަ ކުރެއްވިއެވެ. އަދި ގާބިލު ނޫން ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ކުރިއަށް ގެންގޮސް، ވަޒީރުން ވަކިކޮށް، މުޅިން އާ ވަޒީރުން ވަރަށް އަވަހަށް ހަމަޖައްސަން ޖެހޭ ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ސަރުކާރުގައި އިޚުލާސްތެރިކަމެއް ހުއްޓަސް ގިނަ ވަޒީރުންނަކީ ގާބިލު ވަޒީރުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ކޮވިޑް-19 ވެސް އަރައިގަނެވޭނީ، ކޯލިޝަން ސަރުކާރު ނިމުމަކަށް ގެނެސް، މިހާރު ތިބި ވަޒީރުން ވަކިކޮށް އާ ވަޒީރުން އައްޔަންކޮށްގެން ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ މި ދަނޑިވަޅަކީ ހޯމް މިނިސްޓްރީއަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ވަގުތެއް ކަމަށާއި ހޯމް މިނިސްޓްރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމަށް ވީހާވެސް އަވަހަށް ނިންމަން ޖެހޭ ކަމަށެވެ.

“ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް، އެހެންނަމަވެސް ވުޒާރާތައް ހިންގަވަން ތިބި ގިނަ ބޭފުޅުންނަކީ އެންމެ ގާބިލު ބޭފުޅުން ކަމަށް އަޅުނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ، ހާއްސަކޮށް، މި ދަނޑިވަޅަކީ އަޅުގަނޑު ދެކޭ ގޮތުގައި ހޯމް މިނިސްޓްރީއަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ވަގުތެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންވީމާ ވީހާވެސް އަވަހަށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން އަބްދުﷲ ބޭރުކޮށް، އަޅުގަނޑުމެންނަށް ވީހާވެސް އަވަހަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން” ހަލީމް

ހޯމް ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި ނުސީދާ ބަސްތަކެއް ހޯމް މިނިސްޓްރު އިމްރާން އަބްދުﷲ އަށް އަމާޒް ކުރައްވާފައިވެއެވެ.

އެގޮތުން  އެކި ބޭނުންތަކަށް އައިސް ރަށަށް ނުދެވި ތާށިވެފައި ތިބި ގިނަ މީހުން އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށާއި އެކަމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން މަޖިލީހުގެ މެންބަރުންނާއި އެމަނިކުފާނުގެ ކެތްތެރިކަން ކޮޅުންލައިގެންދާ ހިސާބަށް ގޮސްފި ކަމަށް ވިދާޅުވިއެވެ.

މާލޭގައި ތާށިވެފައި ތިބި މީހުނާއި ރަށަށް ބަދަލު ވާން ބޭނުންވެގެން ކަމާ ބެހޭ އިދާރާތަކުގައި 5،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރިއިރު، ެއކަންކަން ހަމަޖެއްސުމުގައި ހޯމް މިނިސްޓްރީގެ ދައުރު ވަރަށް ބޮޑެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ މީހުންނަށް ދެވޭނެ ގޮތެއް ހަމަޖެހިފައެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަދިވެސް ތި ސިޔާސީ ކުޅިވަރު ކުޅެނިންމާކަށް ނުވޭތަ ފުރަތަމަ މަޖިލިސް މެންބަރުން އެއް އަޑަކައްކީ މީ ނުރައްކާ ބައްޔެއް ނޫނޭ ދެން މިހާރު ކޯޗެއް ކިޔާކަށް މަޖިލީހުން ރައްޔިތުން ފައިދާ ކޮންކަމެއް ކުރެވުނީ ހުރިހާ ކަމެއް ނިންމަނީ ސިޔާސީ ބޭނުމަކާއް އެކަމު ރައްޔިތުން ތަމްސީލް ކުރާ ބަޔެކޯމީ މެންބަރުން ނަށް ވުރެ މަބުރޫކު ވެސް ރައްޔިތުންނާ ދޭތެރޭ ވިސްނާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: