ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭމަހުގެ މުސާރަ ކުޑަކުރަން އަންގާނީ ފަހުވަގުތަކު ނޫން: މަޖިލިސް ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މޭ މަހުގެ މުސާރަ ކުޑަކުރާކަން މަހުގެ ފަހުކޮޅުގައި އެންގުމުން، މުވައްޒަފުންނަށް ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ނޯންނާނެ ކަމަށް ކަމަށް ވިދާޅުވެ، ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީގެ އެދުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހިތް ހަމަ ނުޖެހުން ފާޅުކުރައްވައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ޙާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުން އުނިކުރުމަށް ނިންމާފައިވާ ގޮތުގެ ތަފުޞީލު ހިމެނޭ ސިޓީއެއް ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއެވެ.

ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީ ލިބިވަޑައިގަތް ދުވަހާއި މެދު ހިތްހަމަ ޖެހިވަޑައިނުގަންވާ ހާމަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މެއި މަހުގެ މުސާރަ ކުޑަ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ މެއި މަހުގެ ފަހުކޮޅަކު ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ މި މަހުގެ މުސާރަ ކުޑަވާނެ ކަން، މި މަހުގެ ފަހުކޮޅުގައި އެންގުމުން، މުވައްޒަފުންނަށް ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ނޯންނާނެ ކަމަށާއި މޭ މަހު އަންގާނީ، ޖޫން މަހުގެ މުސާރައަށް ބަދަލު އަންނަ ވާހަކަ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނުގައި ވެސް މިފަދަ ކަންކަމަށް ތިން މަސް ދުވަހުގެ ނޯޓިސް ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މެއި މަހުގެ މުސާރަ ކުޑަކުރަން މެއި މަހަކު ނޫން ބުނާނީ. އެއީ އަޅުގަނޑަށް ވަރަށް އުނދަގޫ ވާހަކައެއް ގޮސް މީހެއް ކައިރީ ބުނަން. މެއި މަހު ތިމަންނާއަށް ލިބޭ މުސާރަ ކުޑަވާ ވާޙަކަ ތިމަންނާއަށް މިއެނގެނީ މެއި މަހުގެ ފަހުކޮޅުގައި ކަމަށް ވީމަކާއެއް، އޭނާއަށް ދެން އެކަމުގައި ދެކޮޅެއް ނުޖެއްސޭނެ، އަޅުގަނޑަށް ވަރަށް ދަތި، އިއްޔެގައި މިކަން އަޅުގަނޑުމެން ނިންމާލާފައި މާދަމާ އެ ބަދަލު އަޅުގަނޑުމެން ގެންނާން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ހެޔޮލަފާ ގޮތަކަށް ނުވާނެ” ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ސިޓީއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި މަޝްވަރާކޮށް ކޮމިޓީގެ ނިންމުން ހޯމަ ދުވަހުގެ ހެނދުނު މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށާއި އަދި ދެން އޮންނަ ޖަލްސާއެއްގައި އެ ރިޕޯޓު އެޖެންޑާ ކުރެވޭނެ ކަމަށެވެ.

ކޮމިޓީގެ ރިޕޯޓު ދެން އޮންނަ ޖަލްސާގައި އެޖެންޑާ ކުރެވުނު ނަމަވެސް، މިހާރުގެ ގަވާއިދުގައިވާ ގޮތުން އަދި އެ ރިޕޯޓުގެ ބަހުސް ނުފެށޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: