ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނަދޫން ޕޮޒިޓިވްވި 80 އަހަރު މީހާ ރަނގަޅުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޕޮޒިޓިވްވި މަނަދޫ އަންހެން މީހާ މިހާރު ރަނގަޅުވެފައިވާ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ އަމީން ވިދާޅުވީ އުމުރުން 80 އަހަރުގެ މީހާ އަށް ފަރުވާދީފައިވަނީ އައިޖީއެމްއެޗުގައިކަމަށާއި އެމީހާ ކޯވިޑަށް އެންމެފަހުން ކުރި ޓެސްޓްތަކުން ނެގެޓިވްވެފައިވާކަމަށެވެ.

އައިޖީއެމްއެޗުން އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން އެ އަންހެން ކޮވިޑަށް ޓެސްޓު ކުރުމުން ފުރަތަމަ ނަތީޖާ ޕޮޒިޓިވްވިއެވެ. ނަމަވެސް ދެ ވަނަ ޓެސްޓް ނަތީޖާ ނެގެޓިވްވުމުން ތިންވަނަ ޓެސްޓެއްވެސް ހެދިއެވެ. އެ ޓެސްޓުގެ ނަތީޖާ ދެއްކީ ޕޮޒިޓިވް ކަމަށެވެ.

“އައިޖީއެމްއެޗްގައި މިވަގުތު ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ތެރެއިން މަނަދޫއިން ޕޮޒިޓިވްވި 80 އަހަރުގެ މީހާގެ އެންމެ ފަހުން ނެގި ޓެސްޓްވެސް ވަނީ ކޯވިޑަށް ނެގެޓިވެވްވެފަ” މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބަލި ފެންނަމުންދާ މިންވަރު މިހާލަތުގައި މަދުނަމަވެސް މިކަމުގައި އެއްވެސް ރައްޔިތަކު ފަރުވާކުޑަނުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާ ކަމަށެވެ.

ރާއްޖެއިން ބައްޔާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށާއި އަދި އެންމެ ބޮޑު ސަލާމުކަމެއް މިވަގުތު ހުރީ ބަލި ޖެހިފައިވާ މީހުންނަށް ދޭންޖެހޭ ފަރުވާދީ އެމީހުންގެ ކަންކަން ބެލެހެއްޓުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: