ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ބަޔަކު ޕޮޒިޓިވްވެ ކޮވިޑް ޖެހުނު މީހުންގެ އަދަދު 1106 އަށް އަރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް އިތުރު ބަޔަކު ޕޮޒިޓިވްވެ، ރާއްޖޭން މިބަޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1106 އަށް އަރައިފިއެވެ.

އެންއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ހޯމަ ދުވަހު 12 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 1106 އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާތަނަށް 1026 މީހުން މި ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށާއި އަދި އެބަލިން  15 މީހަކު ބަލިން ރަނގަޅުވެ، ޖުމްލަ އަދަދު 74 އަށް އަރާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ހަތަރު އަންހެނުންނާއި 11 ފިރިހެނުން ހިމެނެއެވެ. އެއީ ހަތް ދިވެހިން އަދި އަށް ބަންގްލަދޭޝް މީހުންނެވެ.

މާލޭ އެންމެ ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނިފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ޕޮޒިޓިވް ކޭސްތައް އަންނަނީ ފެންނަމުންނެވެ.

މޫސުން ގޯސްވުމުން އޮޕަރޭޝަނަށް ލަސްކަމެއް އައިސްފައިވާތީ ބައެއް ކަންކަން މަޑުޖެހިފައިވާ ކަމަށާއި މިރޭވެސް ގިނަ ނަތީޖާތަކެއް ލިބޭނެތީ އިތުރު ބަޔަކު ޕޮޒިޓިވްވުމުގެ ފުރުސަތު އެބައޮތް ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި، ނަތީޖާ ނުލިބި 400 ވަރަކަށް ސާމްޕަލް އެބަހުރި ކަމަށް ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ) ގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުލް ހަމީދު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: