ލޮކްޑައުންގެ އަމުރަށް ނުކިޔަމަންތެރިވި އިތުރު 111 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ، ލޮކްޑައުންކޮށްފައިވަނިކޮށް، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ ހޯމަދުވަހު މަގުމައްޗަށް ނިކުމެ އުޅުނު 111 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ.
އަދި ލޮކްޑައުންގެ އަމުރާއި ޚިލާފުވި 03 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މާލޭސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައިފަހުން، މިހާތަނަށް231 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން ހޯމަދުވަހު 111 މީހުން ޖޫރިމަނާކޮށްފައިވާއިރު، އާދިއްތަދުވަހު 108 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. މި އަދަދުތަކާއެކު ޖޫރިމަނާކުރި މީހުންގެ އަދަދު މިވަނީ 4,332 އަށް އިތުރުވެފައެވެ.

