ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ މަސައްކަތުގައި ކަރަންޓް ހަތިޔާރު ބޭނުން ކުރަން ފަށަނީ!

ކޮމިޝަނަރ އޮފް އަދި ހޯމް މިނިސްޓަރ : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މަސައްކަތުގައި ކަރަންޓު ހަތިޔާރު ނުވަތަ ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން (ސީއީޑަބްލިއު) ނަމަކަށް ކިޔާ ހަތިޔާރެއް ބޭނުން ކުރަން ފަށަން ތައްޔާރުވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މަސައްކަތް ކުރިއަރުވައި ޖިނާއީ ކުށްތައް މަދު ކުރުމަށް ފުލުހުންގެ ކުރަމުންދާ މަސައްކަޔްޔަކާއި ބެހޭ ގޮތުން ސީޕީ މުހައްމަދު ހަމީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ  ފުލުހުން އެ ހަތިހާރު ބޭނުން ކުރާނީ މިހާރުވެސް އެހެން ހަތިޔާރުތައް ފުލުހުން ބޭނުން ކުރާ އުސޫލުން، ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއްގެ ދަށުން ކަމަށެވެ. އަދި ފުލުހުން އެންމެ ފުރިހަމަ އަށް ޒިންމާދާރު ކުރުވުމުގެ ގޮތުން ފުލުހުންގެ ހަށިގަނޑުގައި ކެމެރާ ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

https://twitter.com/M_Hameedh/status/1262633809725407233

ރާއްޖޭގައި ކަރަންޓު ހަތިޔާރު ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ފަށާ މިީ ފުރަތަމަ ފަހަރެވެ. ފުލުހުން އާއްމު ގޮތެއްގައި ބޭނުން ކުރަނީ މީހުން ހައްޔަރު ކުރުމުގައިވެސް މުގުރެވެ. މި ހަތިޔާރަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާ ހަތިޔާރެކެވެ. ނަމަވެސް މި ހަތިޔާރު އާއްމުކޮށް އެހެން ގައުމުތަކުގައިވެސް ބޭނުން ކުރާ ހާލަތްތަކެއް ވެސް ހުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: