ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޖީނުގޭ ކުދިންނަކަށް މަޖިލީހުގެ ރައީސަށް ސިޓީއެއް ނުފޮނުވޭނެ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ އިސްވެރިންގެ މުސާރަ ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވި ސަބަބުން ހޯދުމަށް އެ ކުންފުނިން ފޮނުވި ސީޓިގެ ޖަވާބުގައި އިންޖީނުގޭ ކުދިންނަކަށް މަޖިލީހުގެ ރައީސަށް ސިޓީއެއް ނުފޮނުވޭނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އިސްވެރިންގެ މުސާރަ ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް ވަނީ އާންމުވެފައެވެ. އެކަމާއި ގުޅިގެން ސްޓެލްކޯ އިން މަޖިލީހަށް ފޮނުވި ސިޓީގައިވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން އެ ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސިޓީގައި ބުނެފައިވަނީ އެ ސިޓީ ބޭނުންކޮށްގެން ދައުލަތާއި ދައުލަތުގެ އިދާރާތަކާ މެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާތީ ސިޓީ ލީކުވި ގޮތެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ.

އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އިންޖީނު ގެއިން މަޖިލިހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އަދި އެސިޓީ މަޖިލިހަށް ފޮނުއްވީ އިންޖީނުގޭ ކޮންމެވެސް ކުއްޖެއްގެ ނަމުގައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި ރަސްމީ ކަންކަމުގައި ސިޓީބިޓީ، ލިޔުމާއި ގުޅޭ ޤާނޫނެއް އޮންނަ ކަމަށެވެ. އަދި އެއީ 1968 ވަނަ އަހަރުގެ ޤާނޫނެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޤާނޫނު ބުނާގޮތުން ”އިންޖީނުގެއިން“ އެގޮތަށް މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ބޭނުންވާ ކޮންމެ އެއްޗެއް ލިޔެ، ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ މީހަކަށް ސިޓީ ފޮނުވުނަސް މަޖިލީހުގެ ރައީސަކަށް ނުފޮނުވޭނެއެވެ. އެކަން ކުރެވޭނީ މިނިސްޓަރުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ ބޭފުޅަކަށް ވެސް ސިޓީ ލިޔެވޭނެ. އަދި ބޭނުންވާ ކޮންމެ އެއްޗެއް ވިދާޅު ވެސް ވެވޭނެ. އެހެން ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސަށް އިންޖީނުގޭ ކުދިން ސިޓީއެއް ނުފޮނުއްވާނެ. އިންޖީނުގޭ ކުދިންނަށް އެނގެން އެބަޖެހޭ މިތަނަށް އެ ބޭފުޅުންނަށް ސިޓީ ނުލިޔުއްވޭނެކަން. މިތަނުން އަހާ އެއްޗެއްގެ ޖަވާބު އެބޭފުޅުންނަށް ދެއްވޭނެކަން“ ރައީސް ނަޝީދު

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ސްޓެލްކޯގެ ސިޓީގައި ބުނެފައިވާގޮތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000ރ. ލިބެއެވެ.

ސްޓެލްކޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސްޓެލްކޯ އަކީ ކެޓަގަރީ އޭގެ ކުންފުންޏަކަށްވުމާއެކު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތަކަކީ މިނިސްޓްރީ އޮފް ފިނޭންސް އިން ކުންފުނިތައް ގިންތިކޮށް މުސާރަތައް ކަނޑައަޅާފައިވާގޮތުގެ މަތިން ކޮށްފައިވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރގެ މުސާރައަކީ ސިއްރު ކުރަން ޖެހޭ މައުލޫމާތެއް ނޫންކަމަށް އިންފޮމޭޝަން ކަމިޝަނަރުގެ އޮފީސް (އައިކޮމް) އިންވަނީ ބުނެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާންޖެހޭ މައުމާތެއް ނޫން ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: