ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީންގެ މުސާރަ ވެސް ކުޑަކޮށްފި

މާލީއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުންނާއި ސަރުކާރަށް ލިބެމުންދާ އާންމުދަނީ ދަށްވެފައު ވާތީ އެކިއެކި ވުޒާރާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަމުންދާ އުސޫލުގެ ދަށުން ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީޙުގެ މާލީއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ. 

ސަރުކާރޔގެ ވުޒާރާތަކުގެ އިސްވެރިންގެ މުސާރައިން ވަކި ޕަސެންޓެއް އުނި ކުރަން މީގެކުރިން ކޮމެޓިން ފާސްކޮށްފައިވީނަމަވެސް ގާޒީންގެ މުސާރައިން އުނިކުރަން ނިންމާފައި ވަނީ މުސާރައިން ވަކި އަދަދެކެވެ. 

އެގޮތުން  މާލިއްޔަތު ކޮމިޓީން ފާސްކުރި ގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 7،100 ރުފިޔާ އަދި އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 6،300 ރުފިޔާ އުނިކުރާނެ އެވެ. ޑްރަގް ކޯޓުގެ އިސް ގާޒީގެ މުސާރައިން 8،600 ރުފިޔާ އަދި އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 7،800 ރުފިޔާ އުނިކުރަން ފާސްކުރި އެވެ. އަދި  ސިވިލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 6،950 ރުފިޔާ އުނިކުރާން ނިންމާފައިވާއިރު އެ ދެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން އުނިކުރަން ފާސްކުރީ 6،150 ރުފިޔާ އެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މުސާރައިން 6،950 ރުފިޔާ އަދި އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 6،650 ރުފިޔާ އުނިކުރަން ފާސްކުރި އެވެ.

މީގެއިތުރުން ޖުޑިޝަލް  ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރައިން 4،500 ރުފިޔާ އަދި ކޯޓުގެ އިސް މެޖިސްޓްރޭޓުންގެ މުސާރައިން 2،150 ރުފިޔާ އުނިކުރަން ކޮމިޓީން ފާސްކުރި އެވެ. ކޮމިޓީން ނިންމާފައި ވަނީ އެހެން މެޖިސްޓްރޭޓުން މުސާރައިން އެއްވެސް އަދަދެއް އުނިނުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: