ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ރައްޔިތުން، ގެންދިއުމަށް އެއަރ އިންޑިއާގެ ދެ ފްލައިޓް ރާއްޖެ އަންނަނީ

އެއަރ އިންޑިއާގެ 266 ފްލައިޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން، އެ ޤައުމަށް ގެންދިއުމަށްޓަކައި، އެއަރ އިންޑިއާގެ ދެ ފްލައިޓް ރާއްޖެއަށް އަންނަގޮތަށް ހަމަޖެހިއްޖެއެވެ. 

މި ކަން ހާމަކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ، އިންޑިއާގެ ރައްޔިތުން، އަނބުރާ އެ ޤައުމަށް ގެންދިއުމަށް ދެ ފްލައިޓް އަންނަގޮތަށް އިންތިޒާމުކުރެވިފައިވާ ކަމަށެވެ.

އަދި މި ދެ ފްލައިޓް އަންނަ ގޮތަށް ހަމަޖެހިފައިވަނީ، މި ހިނގާ މަހުގެ 22 ވަނަ ދުވަހާއި، 23 ވަނަ ދުވަހުގައިކަމަށެވެ. 

މި ދެ  ފްލައިޓުގެތެރެއިން 22 ވަނަ ދުވަހު އަންނަ ފްލައިޓްކަމަށްވާ އެއަރ އިންޑިއާ AI 266، ރާއްޖެ އައުމަށްފަހު ދަތުރުކުރާނީ ބެންގަލޫރަށް ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން 23 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާ AI 1264 ފްލައިޓް ރާއްޖެއައުމަށްފަހު ދަތުރުކުރާނީ، ނިއުދިއްލީ އަށްކަމަށް ވެސް، އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ.

 އިންޑިއާ ހައިކޮމިޝަނުން މީގެ 2 ދުވަސްކުރިން ހާމަކުރިގޮތުގައި، ބެންގަލޫރަށް ދަތުރުކުރާ ފްލައިޓްގައި އިސްކަންދޭނީ، ޓެމިލްނާޑޫއާއި، އަންދްރަޕްރަދޭޝްއާއި، ކަރްނާޓާކަރު ސްޓޭޓްގައި ދިރިއުޅޭ މީހުންނަށެވެ. މީގެ އިތުރުން ނިއުދިއްލީއަށް ފުރަން ހަމަޖެހިފައިވާ ފްލައިޓްގައި އިސްކަންދޭނީ، ޗަންދީގަރް އާއި، ހަރްޔާނާ ސްޓޭޓްގައި ދިރިއުޅޭ މީހުންނަށްކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: