ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިޙް ޚިޔާނާތްތެރިވެ ވަޑައެއްނުގަންނަވާނެ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމަށާއި އެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކައަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފައިސާގައި ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަށާވަނަ މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް އެބޭފުޅުންގެ ޒިންމާ އަދާ ނުކުރެއްވުނީ އޭރު ރައީސަކަށް ހުންނެވި ބޭފުޅާއާ ދޭތެރޭ އެވަރުގެ ޔަގީންކަމެއް ނެތުމުން ކަމަށް ވެދާނެ ކަމަށެވެ.

”ދެން ކުރީގައި ތިއްބެވި އިއްޒަތްތެރި މެމްބަރުންނަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން އެފަދަ ބޮޑު އިތުބާރެއް ނެތުނީމާ ކަމަށް ވެދާނޭ އެ އިއްޒަތްތެރި މެމްބަރުންނަށް އެހާ ޖޯޝާއެކީގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާ ކުރަމުން ނުގެންދެވުނީ“ ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ނަޝީދާއި އެ ޕާޓީގެ ބައެއް މެމްބަރުން ގެންދަވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތްތަކަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ސަރުކާރުން ބައެއް ކަންކަމުގައި ޚަރަދު ކުރަމުންދާ ގޮތާއި ބައެއް އުސޫލުތަކަށް ފާޑި ވިދާޅުވަމުން ގެންދެއެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވީ ކޮވިޑް-19 ގެ ކަންކަމާއި އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް މި ހާތަލަށް ދިޔައީ ތަޖުރިބާކާރުންގެ އަޑު ސަރުކާރުން ނޭހުމުން ކަމަށެވެ.

ސައީދު ވަނީ އެމްއެމްއޭގެ މައްޗަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެގޮތުން އެމްއެމްއޭއަށް ޖެހިފައިވަނީ ފިނޭންސް މިނިސްޓްރީން ނިންމާ ކޮންމެ ގޮތަކަށް ރުހެން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ގުޅޭ ގޮތުން ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވައި ސައީދު ވިދާޅުވީ ރައީސް ޔާމީން ފައިސާގައި ޖެހިވަޑައިގެންފައި ނުވާކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: