ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތެރެއިން މާލެއައިސް ތިބި 830 މީހަކު ކަރަންޓީނަށް

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކިއެކި ބޭނުންތަކުގައި، އަތޮޅުތެެރެއިން މާލެއައިސް ތިބި 830 މީހަކު ކަރަންޓީނަށް ފޮނުވާލެވިފައިވާކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިއަދު ޓްވިޓަރ މެދުވެރިކޮށް ވިދާޅުވީ، ލޮކްޑައުންގެ ހާލަތު މެދުވެރިވި ވަގުތު، އެކިއެކި މުހުތާދުތަކުގައި އަތޮޅުތަކުން މާލެ އައިސްތިބި މީހުންގެތެރެއިން، ރަށަށްދާން ބޭނުންވާ 830 މީހުން ކަރަންޓީނުކުރަން ފޮނުވައިލެވިފައިވާކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ، މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން މަދުވެގެން 1800 މީހުން، ރަށަށްފޮނުވުމަށްޓަކައި ކަރަންޓީނަށް ފޮނުވާނެކަމަށެވެ.

”24 މޭ ގެ ކުރިން މަދުވެގެން 1800 މީހުން ރަށަށް ފޮނުވުމަށްޓަކާ ކަރަންޓީނަށް ފޮނުވޭނެ. އިންޝާﷲ“ އިމްރާން

އެކިއެކި ބޭނުންތަކުގައި، އަތޮޅުތެރެއިން މާލެއައިސް ތިބި މީހުން، ރަށަށް ފޮނުވުމުގައި ލަސްވަނީ، ވަސީލަތް ނެތިގެން ނޫންކަމަށާއި، މި ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ރިސްކް ނަންގަވަން ބޭނުންފުޅުނުވަނީކަމަށް ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މި ގޮތުން، ”ޓްރާންސިޓް ކަރަންޓީން ފެސިލިޓީސް“ ގެ ގޮތުގައި މިހާރުވެސް 07 ރިސޯޓެއް އަންނަނީ ބޭނުންކުރަމުންނެވެ.

އެ ރިސޯޓުތަކަކީ، ހޮނޑާފުށި އައިލެންޑް ރިސޯޓާއި، ފިލިތެޔޮ އައިލެންޑް ރިސޯޓާއި، މެދުފުށި އައިލެންޑް ރިސޯޓާއި، ހެރެތެރެ އައިލެންޑް ރިސޯޓެވެ. އަދި މީގެ އިތުރުން، ސަން އަކުއާ އިރުވެލި އާއި، ފުށިފަރު މޯލްޑިވްސް ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާރ ހިމެނެއެވެ. 

މި ދަނޑިވަޅަކީ، މާލެއާއި، ރާއްޖޭގެ އެކި ރަށްރަށުގައި، ކޮވިޑް-19 އިގެ ނުރައްކާތެރިކަމާއި، ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެކެވެ. ސަރުކާރުގެ އަމާޒަކީ، މި ވައިރަސް ކޮންޓްރޯލްކުރުން ކަމުގައިވާއިރު، މީގެ އިތުރުން ވެސް އެތައްބަޔަކު ކަރަންޓީނުކުރާނެކަމަށް ލަފާކުރެވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: