ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންމަފުށިން ނެގުނު ހުރިހައި ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެއްޖެ

އައްސޭރިޖަލުގައި ސާމްޕަލްނެގުން ކުރިއަށްދަނީ. ފޮޓޯ: ކަރެކްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކ.ހިންމަފުށިން ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭސްތަކެއް ފެންމަތިވުމާއެކު، ހެދުނު ކޮންޓެކްޓް ޓްރޭސިންއާއި ގުޅިގެން ނެގުނު ސާމްޕަލްތައް ނެގެޓިވްވެފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ހިންމަފުށިން ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭސްތަކެއް ފެންމަތިވެފައިވަނީ، އެ ރަށުގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުންނެވެ.

މި ގޮތުން، ބުދަވިލޭރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން، ބަޔަކު ޕޮޒިޓިވްވުމުގެ ސަބަބުން، ހެދުނު ކޮންޓެކްޓް ޓްރޭސިންއިން ނަގާފައިވާ 146  ސާމްޕަލްގެ ނަތީޖާ ވެސް ނެގެޓިވްވެފައިވާކަމަށެވެ. 

މި 146 ސާމްޕަލްގެތެރޭގައި، ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ނަގާފައިވާ 36 ސާމްޕަލާއި، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ 25 ޤައިދީއެއްގެ ސާމްޕަލާއި، އެ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ނަގާފައިވާ 12 ސާމްޕަލާއެކު ޖުމްލަ 37 ސާމްޕަލް ހިމެނެއެވެ. 

މީގެ އިތުރުން، ހިންމަފުށީގެ އިންޑަސްޓްރިއަލް ސަރަހައްދުން ނަގާފައިވާ 46 ސާމްޕަލާއި، އެ ރަށުގެ އާބާދީން ރެންޑަމްކޮށް ނެގުނު 28 ސާމްޕަލް ހިމެނެއެވެ.

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ޕޮޒިޓިވްވެފައިވަނީ، އެ ސެންޓަރުން ފަރުވާހޯދަމުން އަންނަ 03 މީހެކެވެ. ކޮވިޑް-19އިގެ ޓާސްކް ފޯހުން ހާމަކުރާގޮތުގައި، އެ ސެންޓަރުން ޕޮޒިޓިވް ކޭސްތަކެއް ފެންމަތިވީ، ދާދިފަހުން އެ ތަނަށް ފަރުވާއަށްދިޔަ މީހެއްގެ ފަރާތުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: