ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިސް އިންފެކްޓް ކުރުމަށްފަހު، ބީ ޓީމަކާއެކު ވީބީގެ ޚިދުމަތްތައް ފަށައިފި

ވީބީ މާޓް ޑިސްއިންފެކްޓު ކުރަނީ- ފޮޓޯ: ކްލީންޓެކް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހުކުރު ދުވަހު ބަންދުކުރި ވީބީގެ ހުރިހާ ފިހާރައެއް ޑިސްއިންފެކްޓް ކުރުމަށްފަހު އަލުން ހުޅާ ޚިދުމަތް ދޭން ފަށައިފިއެވެ.

ވީބީގެ ހުރިހާ ފިހާރަތަކެއް ބަންދު ކުރީ އެ ތަނުގެ ބައެއް ފިހާރަތަކުގައި މަސައްކަތް ކުރާ އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ވީބީ ބާޒާރު ފިހާރައިގައި މަސައްކަތްކުރާ ބިދޭސީއަކާއި ގަލޮޅު ފިހާރައިގައި މަސައްކަތްކުރާ ތިން ބިދޭސީއަކާއި މާފަންނު ފިހާރައިގެ ހަތަރު މީހުން ޕޮޒިޓިވްވުމުން، މިލޮކްޑައުންގެ ތެރޭގައި އެންމެ ފުޅާކޮށް ޑެލިވެރީގެ ޚިދުމަތް ދެމުން ގެންދި ވީބީގެ ފިހާރަތަކުގެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓުނެވެ.

އެޗްޕީއޭ އިން އެ ފިހާރަތައް ބަންދުކޮށް މޮނިޓަރިން އަށް ގެނައުމުން ވީބީ ވަނީ އެ ފިހާރަތައް ޑިސްއިންފެކްޓްކޮށްދޭން ބަޔެއް ހޯދުމަށްވެސް އިއުލާންކޮށްފައެވެ. އަދި ތިން ވަރަކަށް ދުވަހުގެ ތެރޭގައި ހުރިހާ ފިހާރަތަކެއް ޑިސްއިންފެކްޓްކޮށް މިހާރު ޚިދުމަތްތައް ދިނުމަށްވަނީ ފަށާފައެވެ.

އެގޮތުން ބާޒާރު ހޯލްސޭލް ފިހާރަ، މާފަންނުގައި ހުންނަ ފިހާރަ އަދި ގަލޮޅުގައި ހުންނަ ފިހާރައިގެ ޚިދުމަތްވަނީ ފަށާފައެވެ. ޑިސްއިންފެކްކުރުމަށް ޚިދުމަތްތައް ފެށީ އިތުރު ޓީމެއްވެސް ހިމެނޭ ގޮތަށެވެ.

މިހާރު ވީބީގެ ޚިދުމަތްތައް ދިނުމުގައި ޓީމް-ބީ އެއް މަސައްކަތްކުރަމުންދާނެ ކަމަށް އެ ކުންފުނިންބުނެއެވެ.

ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ ރަނގަޅަށް އަޅައިގެން ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަ އެއް ކުންފުންޏަކީ ވީބީއެވެ. ހުރިހާ ފިހާރައެއް ހެން ޑިސްއިންފެކްޓްކޮށް މުވައްޒަފުންގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންމެ ދުވަހަކު ބަލައި ރެކޯޑް ކުރެއެވެ.

ވީބީގެ ފިހާރަތަކުން ވަނީ އޯޑަރު ކުރެވޭ ޚާއްސަ ވަގުތުތަކެއްވެސް ކަނޑައަޅައިފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އަދި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އާއި ހަމައަށް ވީބީގެ ކޮންމެ ފިހާރައަކުން ވެސް ތަކެއްޗަށް އޯޑަރު ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: