ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 153 މީހަކު ޖޫރިމަނާކޮށް، 10 މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ މި ނުރައްކާތެރި ހާލަތުގައި، ލޮކްޑައުންގެ އަމުރުތަކާއި، ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު އިތުރު 153  މީހަކު ޖޫރިމަނާކޮށް 10 މީހަކު ހައްޔަރުކޮށްފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ،  ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ އަންގާރަ ދުވަހު މަގުމައްޗަށް ނިކުމެ އުޅުނު 153 މީހަކު ޖޫރިމަނާކޮށްފައިވާކަމަށާއި، އަމުރާއި ޚިލާފުވި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ. 

މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި، އޭޕްރީލް 15 ވަނަ ދުވަހު މާލޭސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައިފަހުން، މިހާތަނަށް241  މީހަކު ހައްޔަރުކޮށްފައިވެއެވެ.

https://twitter.com/PoliceMv/status/1262925210358931456?s=19

ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން އަންގާރަ ދުވަހު 153 މީހަކު ޖޫރިމަނާކޮށްފައިވާއިރު، ހޯމަ ދުވަހު 111 މީހުން ޖޫރިމަނާކޮށްފައިވެއެވެ.  އާދިއްތަދުވަހު 108 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. ފުލުހުން ހާމަކުރާގޮތުގައި، ދުވަހަކަށްވުރެ ދުވަހަކު ލޮކްޑައުންގެ އަމުރާއި ޚިލާފުވާ މީހުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. މި ގޮތުން މިހާތަނަށް، 4,485 މީހުން ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: