ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޓީއެފްސީން އެސްޓީއޯއަށް231 މިލިއަން ރުފިޔާގެ ލޯނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދިމާވެފައިޥާ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ން އެސްޓީއޯ އަށް 231 މިލިއަން ރުފިޔާގެ ލޯނެއް ދީފިއެވެ.

އައިޓީއެފްސީގެ މި ލޯނަކީ މިހާރު ދިމާވެފައިވާ ޙާލަތާއި ގުޅިގެން ރާއްޖެއަށް ބޭނުންވާނެ ކާބޯތަކެއްޗާއި ބޭސް ހޯދުމަށް ދިން ލޯނެކެވެ.

އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ ހާނީ ސަލެމް ސޮންބޮލް ވިދާޅުވީ މެމްބަރު ގައުމުތަކަށް އެހީވުމަކީ އެ ކުންފުނިގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެ ކުންފުނީގެ 3R  ޕެކޭޖު މެދުވެރިކޮށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ކޮވިޑް-19 ގެ އައުޓްބްރޭކް އަކަށް ދިވެހިރާއްޖެ އައީ ވަރަށް ކުރިން ތައްޔާރުވަމުން ކަމަށެވެ.

އަމްރު ވިދާޅުވީ އައިޓީއެފްސީން އެ ކުންފުންޏަށް ފޯރުކޮށްދީފައިވާ އެހީގެ ސަބަބުން ރިސްކުތައް ދެނެގަތުމަށާއި ސްކްރީން ކުރުމާއި ކޮންޓެކްޓް ޓްރޭސިން އާއި ޓެސްޓް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.

އައިޓީއެފްސީން ވަނީ ލޯނުގެ އިތުރުން ކުރީ ސަފުގައި މަސައްކަތްކުރާ މީހުން ބޭނުންކުރާ ”އިމީޑިއަޓް ލައިފް ސޭވިންގ ފްރަންޓް ލައިން ޕާސަނަލް ޕްރޮޓެކްޓިވް މެޑިކަލް އިކުއިޕްމަންޓް ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ވެސް ނިންމައިފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: