ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާއި ޚިލާފުވެ، އއ. ފެރިދޫން ފުރައިގެންދިޔަ 02 މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ކަން ހާމަކޮށް ފުލުހުން މިއަދު ބުނީ، އއ.ފެރިދޫ ކައުންސިލާއި، ކޮވިޑް-19 އިގެ ޓާސްކް ފޯސްގެ އެއްވެސް ހުއްދައެއްނެތި، ފުރައިގެންދިޔަ ދެމީހަކު ކޯޓުއަމުރެއްގެ ދަށުން، މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ.
އެއީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކާއި، 20 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސިޓީ ލޮކްޑައުންކޮށް، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުންވަނީ، މަނާކޮށްފައެވެ.
މި އުސޫލުތައް މި ގޮތަށް ކަނޑައެޅިފައި ހުރިއިރު، އެއާއި ޚިލާފުވާ މީހުންނާއި ދޭތެރޭ ފިޔަވަޅު އަޅާނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ. ނަމަވެސް މި ނުރައްކާތެރި ހާލަތުގައި، އެއްވެސް ހުއްދައެއްނެތި އެއްރަށުން އަނެއްރަށަށްދާން މަސައްކަތްކުރި ގިނަބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

