ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސްނުމަކީ ޖުލައި މަހު ވެލާނާ އެއަރޕޯޓް ހުޅުވާލުން: ރައީސް ސޯލިހް

އީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: އެމަނިކުފާނު ވަނީ މިރޭ ގައުމާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފައި/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަލި ފެތުރިފައި ނެތް ރަށްތައް އާއްމު ހާލަތަކަށް ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ހާމަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން ވިސްނާފައި އޮތީ، ލޮކްޑައުންއަށް ދިނުމަށް ވިސްނަމުންދާ ލުއިތަކާއި އެކު، ހާލަތު އިތުރަށް ގޯސްނުވެ ރާއްޖޭގައި ކޮވިޑުގެ ހާލަތު އާއްމު ހާލަތަކަށް ދާނަމަ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކޮވިޑާއި ގުޅިގެން ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ލޮކްޑައުން އުވާލާނީ ވަކި ފޭސްތަކަކަށް ބަހާލައިގެންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށް ބަދަލު ގެނައުމާއި، ހޮޓާ ކެފޭ ރެސްޓޯރެންޓުތައް ވަކި އުސޫލެއްގެ ދަށުން ހުޅުވާލެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފިޔަވަޅުތަކާއި އެކު ރާއްޖޭގައި ކޮވިޑުގެ ހާލަތު އާއްމު ހާލަތަކަށް ދާނަމަ އިގްތިސޯދު ހުޅުވާލެވޭނެ ކަމަށެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ މައި ދޮރާށި ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލުމާއި ވަކި ގައިޑްލައިންތަކެއްގެ ދަށުން ރިސޯޓުތައް ހުޅުވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ލުއިތަކެއް ދިން ނަމަވެސް، ރާއްޖޭގައި ބަލީގެ ހާލަތު ގޯސްވާ ހިސާބަށް ދާ ކަމުގައި ވާނަމަ އަލުން ލޮކްޑައުންއަށް ދާންޖެހިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، ފުރަބަންދަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި މި ބަލީގެ ޙާލަތު އިތުރަށް ގޯސްވާ ނަމަ، ފުރަބަންދުގެ ޙާލަތަށް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ރައީސް ވިދާޅުވީ ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އުޅެމުން ދިޔަ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެކަމަށެވެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޮވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: