ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ޓޭޒަރ ގަން ބޭނުން ކުރަންއުޅޭ މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ބަލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޓްރިކް ހަތިޔާރު ނުވަތަ ޓޭޒަރ ގަން ބޭނުން ކުރުމުގެ ތައްޔާރީތައް ފުލުހުންވާން ފެށުމުން އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ފުލުހުންނާއި އާއްމުންގެ ރައްކާތެރިކަން އިތުރު ކުރުމުގެ ނަމުގައި ކޮންޑަކްޓަޑް އިލެކްޓްރިކް ވެޕަން ޓްރަޔަލެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފައިވާކަން ހާމަކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައެވެ.

ސީޕީ ޙަމީދުގެ އެ ޓްވީޓާއެކު އެތައް ބައެއްގެ ފާޑުކިޔުމާއި ކަންބޮޑުވުންތައްވަނީ ފުލުހުންނަށާއި ސަރުކާރަށް އަމާޒުވެފައެވެ.

ފުލުހުންނަކީ އެވަރުގެ ބާރެއް ދޭންޖެހޭވަރުގެ ޕްރޮފެޝަނަލް ބައެއް ނޫން ކަމަށް އެތައް ބަޔަކު ބުނަމުން އަންނަނިކޮށް މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލުމަށް ހުށަހަޅުއްވާފައިވާނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އިންތި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފުލުހުން އާންމުކޮށް ބޭނުންކޮށްފައިނުވާ ކޮންޑަކްޓަޑް އިލެކްޓްރިކް ވެޕަން ނުވަތަ ޓޭޒަރ ބޭނުންކުރުމަށް ފުލުހުން ތައްޔާރުވަމުންދާ އިރު، އެ ހަތިޔާރު ފުލުހުންނަށް ދޫކުރަން ހުއްދަކުރެވުނު ގޮތެއް 241 ކޮމިޓީން ބައްލަވައި ދެއްވުމަށް އެދިވަޑައިގަންވާ ކަމަށެވެ.

އިންތި ވިދާޅުވީ ޓޭޒަރ ގަން ބޭނުންކުރަން ނިންމީ، ފުލުހުންނަށް ކުރިމަތިވާ ހާލަތްތައް ކޮންޓްރޯލް ކުރުމަށް ކިހާވަރެއްގެ ގޮންޖެހުމަކާއި ނުރައްކަލެއް އޮވެގެން، އެކަމެއްގެ މައްޗަށް ރިޢާޔަތް ކުރެވިގެންތޯވެސް ކޮމިޓީން ބަލަންޖެހޭ ކަމަށެވެ.  

މީގެ އިތުރުން މިހަތިޔާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަގީންކަމާއި، ރައްޔިތުންނަށް އެކަން ޔަގީންކޮށްދެވޭނެ ފަދަ އިތުބާރު ހިފޭ ނިޒާމެއް ފުލުހުންގެ ތެރޭގައި އޮތްތޯ މަޖިލީހުގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ބައްލަވައިދެއްވުމަށް ވެސް އިންތި ވަނީ އެދިވަޑައިގެންފައެވެ.  

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: