ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ސިޓީގައި ހިންގި ކާފިއު ނިމުމަކަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީގެ ލޯކަލް ބަނދަރާއި، ލަފާފުރާ އުޅަނދުތަކާއި މީހުން މޮނިޓަރކުރުމުގެ ތެރެއިން. ފޮޓޯ: ކުޅުދުއްފުށި ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު މި ވަގުތަށް ނިމުމަކަށް ގެނެސްފައިވާކަމަށް، އެ ރަށު ކައުންސިލްގެ އިދާރާއިން ބުނެފިއެވެ. 

ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ ކުޅުދުއްފުށީ ކޮވިޑް-19 ޓާސްކު ފޯހުގެ ނިންމުމުގެ މަތިން ވައިރަސް ފެތުރުން ކޮންޓްރޯލުކޮށް ރައްކާތެރިވުމުގެ ގޮތުން، އެ ރަށުގައި ފުރަތަމަ ކާފިއު އިއުލާނުކުރީ، އޭޕްރީލްމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ.

ނަމަވެސް، ކޮވިޑް-19 އިގެ އަސަރުނުކުރާ ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރަން ފެށުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއު، މި ވަގުތަށް ނިމުމަކަށް ގެނެސްފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ.

ކުޅުދުއްފުށި ކައުންސިލުން ބުނީ، ކާފިއު އުވާލިޔަސް، މިސްކިތްތަކުގައި ޖަމާޢަތް ނުހަދާ ރަށްތަކުގެތެރޭގައި ކުޅުދުއްފުށި ހިމަނާފައިވާތީ، އިސްލާމިކް މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން، ޖަމާޢަތް ނުހެދުމަށް ނިންމާފައިވާކަމަށެވެ. 

މީގެ އިތުރުން ކުޅުދުއްފުށި ކައުންސިލުން ބުނީ، ކާފިއު ނިމުނުކަމުގައިވިޔަސް، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމުގައި، މިހާރު އަމަލުކުރަމުން އަންނަ އުސޫލަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.  

ކުޅުދުއްފުށީ ކައުންސިލުން ބުނީ، ޕާކުތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، އާންމު ސަރަހައްދުތަކަށް ވެސް، ޖަމާވެ ނޫޅެވޭނެކަމަށާއި، ވަކިގޮތެއް އަންގަންދެން އެ ތަންތަން ބަންދު ކުރެވިފައިއޮތް އޮތުން ދެމި އޮންނާނެކަމަށެވެ.  

ކުޅުދުއްފުށި ކައުންސިލުން ވަނީ، މި ދަނޑިވަޅުގައި އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިން ހިފެހެއްޓުމަށާއި، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: