ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ދިރާގުޕްލޭ“ގެ ނަމުގައި މުޅިން އާ އެޕެއް ތަޢާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

”ދިރާގުޕްލޭ“ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް، ދިރާގުން ތަޢާރަފުކޮށްފިއެވެ. 

މި އެޕްލިކޭޝަނަކީ، މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ޢާންމުކުރަމުން ދިރާގުންބުނީ، މި އެޕަކީ ތަފާތު ވައްތަރުގެ ކޮންޓެކްޓްތައް ހެޔޮ އަގެއްގައި އެއްތަނަކުން ބަލައިލަން ބޭނުންވާ މީހުންނަށް ޚާއްސަކޮށް ތަޢާރަފުކޮށްފައިވާ އެޕެއްކަމަށެވެ.

މީގެ އިތުރުން ދިރާގުން ބުނީ،މި ދަނޑިވަޅަކީ ލޮކްޑައުންކުރުމުގެ ސަބަބުން ގޭގައި ތިބެންޖެހިފައިވާ ދުވަސްވަރަކަށްވުމުން މުނިފޫހިފިލުވުމަށް އޮންލައިން ސްޓްރީމިން ޚިދުމަތްތަކުގެ ބޭނުން ނުހަނު ބޮޑަށް ޖެހިފައިވާކަމަށެވެ.

މި އެޕްގެ ޒަރީޢާއިން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރިކަމަށްވިޔަސް، ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް މޯބައިލް ޑިވައިސްތަކުން  ކަސްޓަމަރުންނަށް ނުހަނު ފަސޭހަކަމާއެކު ލައިވް ޓީވީ ބަލާލެވޭނެކަމަށް ދިރާގުން ހާމަކުރެއެވެ.

https://twitter.com/dhiraagu_tv/status/1263527450715308034?s=19

ދިރާގުން ބުނީ، މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފަރއެއްގެގޮތުން ”ޕްލޭ“ ޕެކޭޖް އެއް މަސްދުވަހުގެ މުއްދަތަށް ހިލޭ ލިބޭނެކަމަށާއި، ހިލޭ އެކްޓިވޭޓް ކުރެވޭނީ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ އިތުރުން، އެކްޓިވޭޓްކުރާނަމަ، ޖޫން 15 ވަނަ ދުވަހުގެ ފަހުން، މަހަކު 30 ރުފިޔާއަށް މި ޕެކޭޖް ބޭނުންކުރެވޭނެކަމަށެވެ. 

 ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރއިން ހިލޭ ޑައުންލޯޑްކޮށްލެވެން ހުރި، ޕްލޭ ޕްކޭޖްގައި މިހާރުވެސް 23 ޗެނަލެއް ބަލާލެވޭނެކަމަށާއި، ޕެކޭޖްގެ ވެލިޑިޓީއަކީ، އެކްޓީވޭޓްކުރާ ދުވަހުން ފެށިގެން، 30 ދުވަސްކަމަށެވެ. 

 ދިރާގުން ބުނީ، އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ، ޚިދުމަތްތައް ފުޅާކުރުމަށްކަމަށާއި، މިހާރު ވެސް، ޚަބަރާއި، ކުޅިވަރާއި، ލައިފްސްޓައިލް ކޮންޓެންޓް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: