ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ޖަލުން ވެސް، ރެންޑަމް ސާމްޕަލް ނަގަން ފަށައިފި

މާލޭ ޖަލުން ރެންޑަމް ސާމްޕަލް ނެގުމުގެތެރެއިން. ފޮޓޯ: ކަރެކްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި، ޖަލުތަކަށް ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން، ހުޅުމާލޭ ޖަލުން ރެންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ، ކޮވިޑް-19 އަށް ތަހުލީލުކުރުމުގެ ގޮތުން، ހުޅުމާލެ ޖަލުގެ އޮފިސަރުންނާއި، ޤައިދީންގެ ރެންޑަމް  ސާމްޕަލް ނެގުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. 

ކަރެކްޝަނުން މީގެ ކުރިން ވެސް ވަނީ، ޖަލުތަކުގެ އޮފިސަރުންނާއި، ޤައިދީންގެ ރެންޑަމް  ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. 

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރާއި ކަރެކްޝަނުން ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އައްސޭރި ޖަލާއި، މާފުށީ ޖަލުގެ އިތުރުން މާލޭ ޖަލުގެ މުވައްޒަފުންނާއި  އޮފިސަރުންނާއި، ޤައިދީންގެ ރެންޑަމް  ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. 

މި ގޮތުން އައްސޭރި ޖަލުންނާއި، މާލޭ ޖަލުން 75 ސާމްޕަލް ނެގުނުކަމަށާއި، އެ ހުރިހައި ސާމްޕަލެއް ވެސް، ނެގެޓިވްވެފައިވާކަމަށް ކަރެކްޝަނުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، މާފުށީ ޖަލުން ނެގުނު 38 ސާމްޕަލް ވެސް ނެގެޓިވްވެފައިވާކަމަށް ކަރެކްޝަނުން ބުނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: