ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮންލައިންކޮށް އުފަންދުވަހުގެ ސެޓްފިކެޓް ހެދޭނެ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގައި އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މި ގޮތުން މާލޭ ސިޓީ ކައުންސިލުން މިއަދު ޢާންމުކުރި ބަޔާނުގައި ބުނީ، ކޮވިޑާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކުރެވި، ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާތީ، ލޮކްޑައުން އުވާލެވެންދެން މާލޭ ސިޓީގައި އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ފޮޓޯ: ސިޓީ ކައުންސިލް

ނަމަވެސް، މި ހާލަތުގައި ދޫކުރެވޭ ވަގުތީ ސެޓްފިކެޓު ބޭނުންކުރެވޭނީ ލޮކްޑައުންގެ ހާލަތު ނިމެންދެންކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އަދި ދާއިމީ (އަސްލު) ސެޓްފިކެޓް ލިބޭނީ އުފަންދުވަހުގެ ސެޓުފިކެޓު ހެދުމަށް ހުށަހަޅާ ފޯމާއެކު އެންމެހައި ލިޔެކިޔުންތަކުގެ އަސްލާއި، ވަގުތީގޮތުން ދޫކޮށްފައިވާ ސެޓުފިކެޓު ހުށަހެޅުމުންކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

މި ގޮތުން www.malecity.gov.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: