ސްޓެލްކޯގެ އޮފީހުގައި ލޮކްޑައުންވެގެންތިބި 170 އަށްވުރެ ގިނަ މުވައްޒަފުންގެ ޚިދުމަތްތައް ކުންފުނީގެ މެނޭޖްމަންޓުން ފާހަގަކޮށްފިއެވެ.
މި ކަން ފާހަގަކުރަމުން ސްޓެލްކޯއިން ހުކުރު ދުވަހު ބުނީ، ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އޮފީހުގައި ލޮކްޑައުންވެގެންތިބި 170 އަށްވުރެ ގިނަ މުވައްޒަފުން ޢާއިލާއާއި ދުރުގައި ތިބެ، އެއް ޢާއިލާއެއްގައި ކުރަމުން އަންނަ ހިތްވަރަށް ސާބަސްދޭކަމަށެވެ.
މީގެ އިތުރުން ސްޓެލްކޯއިން ބުނީ، ސާބިތު ކަމާއެކު ވަޒީފާގެ ވާޖިބުތައް އަދާކޮށް، ދިވެހި ރައްޔިތުންނަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ކުންފުނީގެ މެނޭޖްމަންޓާއި އެންމެހާ ސްޓާފުން ވެސް، ފަހުރުވެރިކަމާއެކު ބަލައިގަންނަކަމަށާއި އަދި ޝުކުރުއަދާކުރާކަމަށެވެ.
https://twitter.com/MaleCitymv/status/1263807811894591488?s=19
އެސްޓީއޯގެ މެނޭޖްމަންޓުން މުވައްޒަފުންގެ މި މަސައްކަތްތައް ފާހަގަކޮށްފައިވާއިރު، މާލޭ ސިޓީ ކައުންސިލާއި، އެ ކުންފުނީގެ އޮފީހުގައި ލޮކްޑައުންގައި ތިބި މުވައްޒަފުން ގުޅިގެން ވަނީ، މާލޭ ސިޓީގެ ބައެއް މަގުތަކުގެ ލައިޓްތައް ރަނގަޅުކޮށްފައެވެ.
މި ގޮތުން، ލައިޓްތައް ރަނގަޅުކުރި މަގުތަކުގެތެރޭގައި، ބޮޑު ފުންގަނޑު މަގު، ބުރެވި މަގު، ލޮނުޒިޔާރަތް މަގު، ވައިޖެހޭ މަގު، ރަތްވިލާ ހިނގުމުގެ އިތުރުން ލަންސިމޫ ގޯޅި ހިމެނެއެވެ.

